logo
Bank of Maldives

Bank of Maldives

ޚަބަރު

މި ޖަމިއްޔާއި ގުޅުވައި ފެތުރީ ބުހުތާން ދޮގެއް، އެކަން ސާބިތުކޮށްދިނުމަށް އެދި ސިޓީ ފޮނުވައިފިން: ސަލަފް

 މި ޖަމިއްޔާއި ގުޅުވައި ފެތުރީ ބުހުތާން ދޮގެއް، އެކަން ސާބިތުކޮށްދިނުމަށް އެދި ސިޓީ ފޮނުވައިފިން: ސަލަފް

'' ޢަދަދު'' ނޫހުން އިއްޔެ ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ޖަމްޢިއްޔަތުއްސަލަފާ މެދު ބުހުތާނު ދޮގު ހަދާފައިވާތީ، އެކަން ސާބިތުކޮށްދިނުމަށް އެދި އެ ނޫހަށް މިއަދު ސިޓީއެއް ފޮނުވާފައިވާކަމަށް އެ ޖަމިއްޔާއިން މިއަދު ބުނެފިއެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ސޮއިކުރައްވައި ފޮނުވާފައިވާ މި ސިޓީގައި، "ޑރ. މުޢިއްޒު އެވެ. ފުދިއްޖެއެވެ. އިސްތިއުފާދޭށެވެ." މި މައުޟޫޢުގައި ޢަދަދު ނޫހުން ޝާއިޢުކޮށްފައިވާ އާޓިކަލްގައި "ސުޕްރީމް ކޯޓުގެ ގޮނޑިއެއް ހުސްވުމުން އެ ގޮނޑިއަށް އައިސްދިނުމަށް މުއިއްޒު ގުޅި ސަލަފު ޖަމްއިއްޔާގެ މެންބަރުން ވެސް ދުނިޔޭގައި އެބަތިއްބެވެ." މިއީ އެއްވެސް ޒިންމާދާރުކަމެއްނެތި، ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފަށް ޝާއިޢުކޮށްފައިވާ ބޮޑު ދޮގެއްކަމަށް ބަޔާންކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ މިފަދަ ބޮޑު ބުހުތާނެއް ހަދާފައިވާތީ، އެކަމަށް ޖަމްޢިއްޔާގެ މެންބަރުންގެ ގާތުން މާފަށް އެދުމާއެކު އެކަން އެ ނޫހުގައި ހާމަކޮށްދިނުމަށެވެ. އަދި އެހެން ނުވާނަމަ، ޚަބަރުގައި ބަޔާންކޮށްފައިވާ މެންބަރުންގެ ނަންތައް ހާމަކޮށްދެއްވައި، މަޞްދަރާއި އެ ވާހަކައިގެ ތެދުކަމުގެ ހެކި ދެއްކެވުމަށްވެސް އެދިފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފްއިން ވިދާޅުވީދާޅުވީ، މި މައްސަލައިގައި ހެކި ނުދައްކަވައިފިނަމަ، އެއީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޖަމްޢިއްޔާގެ އަގުވައްޓާލައި ބަދުނާމު ކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ދެކޭނެ ކަމަށެވެ. އަދި މިކަމުން ލިބޭ މަޢުނަވީ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެކަމަށްވެސް ބުނެފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފްއިން މި ސިޓީގެ ކޮޕީއެއް މީޑިއާ ކައުންސިލަށްވެސް އީމެއިލްގެ ޒަރީޢާއިން ވަނީ ފޮނުވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމުގެ ތެެރެއިން ޢީދު ފާހަގަ ކުރި ފަރާތްތަކުގެ އަގުވަޒަންކޮށްފި ޚަބަރު | 10 މަސް ކުރިން މި ޖަމިއްޔާއި ގުޅުވައި ފެތުރީ ބުހުތާން ދޮގެއް، އެކަން ސާބިތުކޮށްދިނުމަށް އެދި ސިޓީ ފޮނުވައިފިން: ސަލަފްޚަބަރު | އަހަރެއް ކުރިން