logo
E-Platinum
ޚަބަރު

އިމުގެ ތެެރެއިން ޢީދު ފާހަގަ ކުރި ފަރާތްތަކުގެ އަގުވަޒަންކޮށްފި

އަޙްމަދު ޒަލީފް
5 ޖުލައި 2025 - 11:21
އިމުގެ ތެެރެއިން ޢީދު ފާހަގަ ކުރި ފަރާތްތަކުގެ އަގުވަޒަންކޮށްފި

1446 ވަަނަ އަހަރުގެ އަޟްހާ އީދު އިސްލާމީ އިމުގެ ތެރެއިން ފާހަގަކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ޖަމްޢިއްޔަތުއްސަލަފުން އެފަރާތްތަކަށް ހަނދާނީ ލިޔުންދީފި އެވެ. މިކަމަށްޓަކައި ބޭއްވި ޙާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފެވެ.

އިސްލާމީ އުޞޫލުގެ ތެރެއިން ޢީދު ފާހަގަކުރި ރަށްތައް:

 އދ.ދަނގެތި ޖަމްއިއްޔަތުލް ގަލަމް

ގާފަރު ކައުންސިލްގެ އިދާރާ

ހދ.ނޮޅިވަރަމު ޖަމްޢިޔަތުލް ރިސާލަ

ރ. ކިނޮޅަސް ކައުންސިލްގެ އިރާދާ

ދ.ކުޑަހުވަދޫ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ އާއި އެރަށުގެ ބްރަދާސް އެކަޑަމީ

ހދ. ވައިކަރަދޫ ކައުންސިލުގެ އިދާރާ

ގދ. ނަޑެެއްލާ އައިލެންޑް ޑެވެލޮޕްމެންޓް ސޮސައިޓީ

af4e1fce-57b4-43a6-81b5-a6304de3a935-850x548.jpeg

---

އިސްލާމީ އުސޫލުތަކާއި އެއްގޮތައް ޢީދު އުފާ ފާޅުކުރަމުން އަންނަ ކައުންސިލުންތަކާއި ޖަމްޢިއްޔާތަކަށް ދިވެހިރާއްޖެ އެންމެ ފުޅާކޮށް ދީނީ ހޭލުންތެރިކަން ފަތުރާ މަދަނީ ޖަމްޢިއްޔާ ކަމުގައިވާ ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އަބަދުވެސް ހިތްވަރުދެމުން އަންނައިރު، އެ ޖަމިޢްޔާ އިން ބުނެފައިވަނީ ޢީދު ކުޅިވަރުގެ ނަމުގައި ބޮޑެތި މުންކަރާތްތައް ހިންގަމުން އަންނަކަމީ ކޮޅު ނެތްކޮޅަށް ހިތާމަހުރި ކަމެއް ކަމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމުގެ ތެެރެއިން ޢީދު ފާހަގަ ކުރި ފަރާތްތަކުގެ އަގުވަޒަންކޮށްފި ޚަބަރު | 24 ދުވަސް ކުރިން މި ޖަމިއްޔާއި ގުޅުވައި ފެތުރީ ބުހުތާން ދޮގެއް، އެކަން ސާބިތުކޮށްދިނުމަށް އެދި ސިޓީ ފޮނުވައިފިން: ސަލަފްޚަބަރު | 3 މަސް ކުރިން