ސަރަހައްދީ ބޮޑު ބިރުވެރިކަމެއް، އިންޑިއާ އިން ޕާކިސްތާނަށް ހަމަލާދީ ހަނގުރާމަ ފަށައިފި


07 މޭ 2025 - 03:56
އިންޑިއާ އިން ރޭ ޕާކިސްތާނަށް ހަމަލާދީފައިވާއިރު، ރައްދުގައި ޕާކިސްތާނުން ވެސް އިންޑިއާގެ ހަނގުރާމަ މަތީ ބޯޓުތަކަށް ހަމަލާދީ، ދެ ޤައުމުގެ ދެމެދުގައި ހަނގުރާމަ ފަށައިފިއެވެ.
އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދީފައިވާއިރު، އަދި ޕާކިސްތާނުން ބުނެފައިވަނީ އިންޑިއާގެ 5 ހަނގުރާމަ މަތިންދާބޯޓު ވައްޓާލައިފި ކަމަށެވެ. މިއީ ނިއުކްލިިއަރ ހަތިޔާރު ލިބިފައިވާ މި ދެ ޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ގޯސްވެގެން ދިޔުމުގެ ނުރައްކާތެރި ހާދިސާއެކެވެ. އަދި އުފެދިފައިވާ ސަރަހައްދީ ބޮޑު ބިރުވެރިކަމެކެވެ.
މި ދެ ޤައުމަކީ ދުނިޔޭގެ ނިސްބަތުން ވެސް ޒަމާނީ ހަތިޔާރުތަކާއި އަސްކަރިއްޔާގެ ގާބިލުކަން ވަރުގަދަ ދެ ޤައުމެވެ. ޚާއްޞަކޮށް އިންޑިއާ އަކީ ދުނިޔޭގައި އެއްގޮތަށްވުރެ ގިނަ ގޮތުން ބާރުގަދަ ނުފޫޒު ގަދަ ޤައުމެކެވެ.
އިންޑިއާއިން ހާމަކުރި ގޮތުގައި ބުދަ ދުވަހު ހެނދުނު އެ ޤައުމުން ދިން މިސައިލް ހަމަލާތައް އަމާޒުކޮށްފައިވަނީ ޕާކިސްތާނުގެ އާބާދީ ބޮޑު ޕަންޖާބު ސޫބާގެ އަދި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ 9 ސަރަޙައްދެއްގައި ހުރި "ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ" އަށެވެ. މި ހަމަލާތައް ދީފައިވަނީ އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ފަތުރުވެރިންނަށް ދެވުނު މަރުގެ ހަމަލާއެއްގެ ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އެ ހަމަލާގެ ޒިންމާ ނިއު ދިއްލީން އަޅުވާފައިވަނީ އަވައްޓެރި ޕާކިސްތާނުގެ މައްޗަށެވެ.
ޕާކިސްތާނުން ހާމަކުރި ގޮތުގައި ބުދަ ދުވަހުގެ ހަމަލާތަކުގައި 8 މީހުން ނިޔައުވެފައިވެއެވެ. އޭގެ ތެރޭގައި އަންހެނުންނާއި 3 އި 3 އަހަރުގެ ކުޑަކުއްޖަކު ހިމެނެއެވެ. އަދި 35 މީހުންނަށް ޒަޚަމްވެފައިވެއެވެ. މިއީ 6 ސަރަޙައްދަކަށް ހަމަލާ ދިނުމަށްފަހު ކަމަށް ބުނެފައިވެއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް މިކަން ސިފަކޮށްފައިވަނީ "ހަނގުރާމައިގެ ޢަމަލެއް" ގެ ގޮތުގައެވެ.
މި ހާދިސާގެ ސަބަބުން، ކުރީގައިވެސް ގިނަ ހަނގުރާމަތަކެއް ކޮށްފައިވާ މި ދެ އަވައްޓެރި ޤައުމު ވަނީ ނުރައްކާތެރި ހާލަތަކަށް ހުށަހެޅިފައެވެ. ޕާކިސްތާނުގެ ވެރިރަށް އިސްލާމާބާދުން ވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހަމަލާތަކަށް ޖަވާބުދާރީވާނެ ކަމަށް ބުނެފައެވެ. އަދި މިކަމުގެ ސަބަބުން އެއް ފަރާތުން އަނެއް ފަރާތަށް ހަމަލާ ދިނުމުގެ ސަބަބުން ފުރިހަމަ ހަނގުރާމައަކަށް ވެއްޓުމުގެ ނުރައްކާ އެބައޮތެވެ.
އިންޑިއާގެ ހަނގުރާމަ މަތިންދާބޯޓުތަކުން ކުރީގައިވެސް ދެ ޤައުމުގެ ސަރަޙައްދީ ބޯޑަރު ހުރަސްކޮށްފައިވެއެވެ. ނަމަވެސް، މިފަހަރު އިންޑިއާއިން ބުނެފައިވަނީ އެ ޤައުމުގެ މަތިންދާބޯޓުތަކުން ޕާކިސްތާނުގެ އެއްވެސް ސަރަޙައްދަކަށް ވަދެފައި ނުވާ ކަމަށެވެ. އަދި ޕާކިސްތާނުގެ ތުހުމަތުތައް ދޮގު ކަމަށް ބުނެފައިވެއެވެ.
މި ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން، ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކި ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ވަގުތުން ހަމަނުޖެހުން ހުއްޓުވައި، ހަމަޖެހުމާއި ސުލްޙަވެރިކަން ޤާއިމުކުރުމަށް މަސައްކަތްކުރުމަށް ވަނީ މި ދެ ޤައުމަށް ގޮވާލާފައެވެ.
މި ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ވާދަވެރިކަމާއި، ކަޝްމީރާ ގުޅޭ ގޮތުން އޮތް ދެބަސްވުމަކީ މި ކަންކަން އިތުރަށް ގޯސްވުމަށް މަގުފަހިކުރާ ކަންކަމެވެ. އެހެންކަމުން، މި ދެ ޤައުމުގެ ދެމެދުގައި ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމުކުރުމަށްޓަކައި، ދެ ފަރާތުންވެސް ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރުމަކީ މުހިންމު ކަމެކެވެ.
މި ހާދިސާއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެގެން ދިޔުމުގެ ނުރައްކާތެރި ހާދިސާއެކެވެ. އަދި މިކަމުގެ ސަބަބުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސުލްޙައަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.
އިތުރު ލިޔުންތައް

މަނީޕޫރުގެ 3 މިލިއަން މީހުންގެ ހައްޤުގައި ސަރުކާރުން މަޝްވަރާއަށް
8 މަސް ކުރިން
އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ބަޖެޓް ސަޕޯޓްގެ އެހީތެރިކަން ދީފި
8 މަސް ކުރިން
ބަޖެޓް ސަޕޯޓް ދިނުމުން ޒަމީރުގެ ޝުކުރު އިންޑިއާއަށް
8 މަސް ކުރިން