logo
Bank of Maldives

Bank of Maldives

ޚަބަރު

ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް މާލޭގެ 5 ސަރަހައްދެއްގައި

އާމިނަތު ޝަފާ
7 މޭ 2025 - 09:10
ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް މާލޭގެ 5 ސަރަހައްދެއްގައި

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގެ ފަސް ސަރަހައްދެއްގައި ކުރިއަށް ގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، މެއި މަހުގެ 10 ވަނަ ދުވަސް ކުޑަކުދިންގެ ދުވަހުގެ ގޮތުގައި މި އަހަރު ފާހަގަކުރާނީ ސްކޫލްތައް ގުޅިގެން ކަމަށާއި އެ ދުވަހު ގިނަ ހަރާކަތްތަކެއް ކުރިއަށް ގެންދަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުޑަކުދިންގެ ދުވަހުގެ ހަވީރުތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ:

  • ހެންވޭރު ދަނޑު
  • ރަސްފަންނު
  • ސަލްޓަންޕާކް
  • ވިލިމާލެ
  • ޖުމްހޫރީމައިދާން

އެ މިނިސްޓްރީން ބުނީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި އޭގެތެރޭގައި ސްކޫލްތަކުގައި ބޭއްވޭ ޚާއްޞަ އެސަމްބްލީތަކާއި އެހެނިހެން ހަރަކާތްތައް ހިމެނޭ ކަމަށެވެ. މި ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދީންނަށް އެކުދިންގެ ޙައްޤުތަކާ ގުޅޭ މައުލޫމާތު ދީ، އެކުދިންނާމެދު ޤައުމީ ތަޞައްވުރު ކިޔައިދެވޭނެ ކަމަށެވެ. މި ހަރަކާތްތައް ރޭވިގެން ދާނީ ކުލާސްރޫމުގައި ދަރިވަރުން ކިޔަވާ ގަޑިތައް ނުގެންލޭނެ ގޮތަށެވެ.

މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުގެ ޚާއްޞަ އިސްނެންގެވުމަކާއެކުގައެވެ. ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދާނީ އަންނަ ހޮނިހިރު ދުވަހު ހަވީރުއެވެ.

ކުޑަކުދިންގެ ދުވަހުގެ މި އަހަރުގެ ޝިޔާރަކަށް އެޑިޔުކޭޝަނަ މިނިސްޓްރީން ކަނޑައަޅާފައި ވަނީ " މުސްތަގުބަލަށް ދަރިވަރުންގެ ޒިންމާ" އެވެ.

ކުޑަކުދިންގެ ދުވަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ޓީވީއެމްގެ ހެނދުނުހެނދުނާ ޕްރޮގްރާމުގައި، ކަލާފާނު ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ، ހޮނިހިރު ދުވަހު އުފާވެރި އާއިލީ ހަވީރެއްގެ ގޮތުގައި ކުދަކުދިންގެ ދުވަސް ފާހަގަކުރުމަށްފަހު، އާދީއްތަ ދުވަހު ސްކޫލްތަކުގެ އެސަމްބްލީގައި ވެސް ދަރިވަރުންގެ ޒިންމާއާއި އެކުދިންގެ ފަރާތުން ދެކޭކަންތަކަށް ޚާއްޞަ ކުރުމަށް އެސެމްބްލީ ކުރިއަށް ގެންދާނެކަމަށެވެ.

އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ޕްރިންސިޕަލް ބަޝީރާ މުހައްމަދު ވިދާޅުވީ، ކުޑަކުދިންގެ ހަވީރަކީ އެންމެން ބައިވެރިވާ، ދަރިވަރުންނާއި އާއިލާގެ އެންމެން ބައިވެރިވާ އުފާވެރި ވަގިތުކޮޅަކަށް ހަދަން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ހުރިހާ އުމުރެއްގެ މީހުންނަށް ކުޅެވޭނެ ކުޅިވަރުތަކާއި ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ބަޝީރާ ވިދާޅުވީ، ކުދަކުދިންގެ ދުވަހުގެ ހަރަކާތުގެ ތެރެއިން ޤައުމީ ވަންތަކަން ދައްކުވައިދޭނެ ކަމަށާއި ތަން ޒީނަތްތެރި ކުރުމުގައި ވެސް ދިދަވެވެސް ބޭނުން ކުރާނެ ކަމަށެވެ. އަދި ކުޅިވަރުތަކުގެ ތެރޭގައި ކުރިން ކުޅުނު ކުޅިވަރުތަކާއި މިހާރުގެ ކުޅިވަރުތައް ވެސް ހިމެނޭ ކަމަށެވެ.

"އާއިލާގެ ހުރިހާ އެންމެންނަށް ބައިވެރިވެވޭ ގޮތަށް އުފާވެރި އާއިލީ ހަވީރެއްގެ ގޮތުގައި ހުރިހާ ހަރަކާތެއް ރާވާފައި ވަނީ" ބަޝީރާ ވިދާޅިވިއެވެ.

"ވަކިވަކި ސްކުލުން ފާހަގަކުރުމުގެ ބަލުގައި ސްކޫލްތައް އެކުވެގެން ފާހަގަކުރުމުން އާއިލީ ހަވީރެއްގެ ސިފަ އެބަ ޖެހޭ. އެހެން

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝަހީދު ޢަލީ ސްކޫލަށް ބަދަލުވާ ދަރިވަރުން ލަސްނުކޮށް ފޯމް ހުށައެޅުމަށް އިލްތިމާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިން11އަށް ވަންނަ ކުދިންގެ އަދަދަށް ބަލައި ސީއެޗްއެސްއީގައި 2 ދަންފަޅިއަށް ކިޔަވައިދެނީޚަބަރު | 2 މަސް ކުރިންދަރިވަރުންގެ ހާޒިރީ ރިކޯޑް ކުރުމަށް ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް އެޓެންޑެންސް ސިސްޓަމެއްޚަބަރު | 5 މަސް ކުރިންކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް މާލޭގެ 5 ސަރަހައްދެއްގައިޚަބަރު | 6 މަސް ކުރިން