logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގަލޮޅު ހޭންޑްބޯލް ކޯޓް އިންޑޯރ ކޯޓަކަށް ބަދަލުކުރަނީ

އަބްދުﷲ ޣާނިމް
7 މޭ 2025 - 14:21
ޤައުމީ ހޭންޑްބޯލް ކޯޓުގައި. ފޮޓޯ: ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ޤައުމީ ހޭންޑްބޯލް ކޯޓުގައި. ފޮޓޯ: ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މާލޭ ހޭންޑްބޯޅަ ސްޓޭޑިއަމްގައި ގާއިމްކޮށްފައިވާ ހޭންޑްބޯޅަ ކޯޓު އިންޑޯ ކޯޓަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ފެށުމާ ގުޅޭ މައުލޫމާތު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ހާމަކުރެއްވީ ދާދިފަހުން ޤައުމީ ބީޗް ހޭންޑްބޯޅަ ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ވަޒީރު ރާފިއު ވިދާޅުވި ގޮތުގައި، އިންޑޯ ހޭންޑްބޯލް ކޯޓެއް ނެތުމުގެ ސަބަބުން ހޭންޑްބޯޅަ ކުޅުންތެރިންނަށް ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި، މި އަހަރު ނިމޭއިރު ކޯޓު ހިޔާކޮށް ބޭނުން ކުރެވޭ ހާލަތަށް ގެނެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 "ހޭންޑްބޯލް ކޮމިއުނިޓީން ފާއިތުވި އަހަރުތަކުގައި އެންމެ ބޮޑަށް ބޭނުންވީ ހޭންޑް ބޯލް ކޯޓު ހިޔާކުރެވޭނެ ގޮތެއްވުން،" ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫއަށް ބޭނުންވާ ސާމާނު ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އަދި މަޝްރޫއަށް ހޭދަވާ ފައިސާގެ ތެރެއިން މިނިސްޓްރީން ހަމަޖައްސަންޖެހޭ ބައި މިހާރު ވަނީ ހަމަޖެހިފައެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ އިންޑޯ ހޭންޑްބޯޅައިގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިހާރު ބޭނުންކުރަމުންދާ ހޭންޑްބޯޅަ ކޯޓަކީ 2021 ވަނަ އަހަރު އެޅި ކޯޓެކެވެ.

ކޯޓު ހިޔާނުކޮށް އޮތުމުގެ ސަބަބުން ވިއްސާރައާއި އަވީގެ ސަބަބުން މެޗުތައް ކުރިޔަށް ގެންދިއުމަށް ދަތިވާ ކަމަށް ހޭންޑްބޯޅަ ކުޅުންތެރިންނާއި ކޯޗުން ވަނީ އަބަދުވެސް ފާހަގަކުރަމުން އައިސްފައެވެ. މި މަޝްރޫއު ނިމުމުން މި ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރުގެ އެންމެ މޮޅު ހޭނޑްބޯލް ކުޅުންތެރިޔާ ޔަޝްމު ޤައުމީ ސްކޮޑުން ބާކީކުރުމާއެކު ގިނަބައެއްގެ ފާޑުކިޔުންކުޅިވަރު | 4 ދުވަސް ކުރިންހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ފިރިހެން ޓީމަށް ވަޒީރު ރާފިޢު ޖާޒީ ހަވާލުކޮށްދެއްވައިފިކުޅިވަރު | 7 ދުވަސް ކުރިންމެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ހޭންޑްބޯލް މުބާރާތެއް ބާއްވަނީކުޅިވަރު | 15 ދުވަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް: ކަބަޓާން އެސްސީ އޮރިޖިނަލްސް ބަލިކުރިއިރު، ހޭންޑްބޯލްގެ ފައިނަލް މިއަދުކުޅިވަރު | 2 މަސް ކުރިން