ކުޅިވަރު
އަބްދުﷲ ޣާނިމް



އާރސެނަލްގެ ޕާޓޭ މުސްލިމަކަށްވެ، ނަން ބަދަލުކޮށްފި

ޔައުޤޫބު (ތޯމަސް ޕާޓޭ). ފޮޓޯ: ބީބީސީ

09 މޭ 2025 - 06:44
އާސެނަލްގެ މެދުތެރެއަށް ކުޅޭ ކުޅުންތެރިޔާ ތޯމަސް ޕާޓީ އިސްލާމްދީން ޤަބޫލުކުރުމާއެކު އޭނާގެ ނަން ޔަޢުޤޫބު އަށް ބަދަލުކޮށްފިއެވެ. ނަމަވެސް ޕާޓޭ ބުނެފައިވަނީ އާސެނަލް އަށް ކުޅޭއިރު ޕާޓޭގެ ނަމުން މުޚާތަބުކުރެވޭނެ އެވެ. އަދި ޖާޒީގައިވެސް ތޯމަސް މިނަން ބޭނުންކުރާނެއެވެ.
ގާނާގައި ޕާޓޭ ދީފައިވާ އިންޓަވިއުއެއްގައި ހާމަކުރި ގޮތުގައި އޭނާ އިސްލާމްވުމަށް ނިންމީ އޭނާގެ ގާތް ރައްޓެއްސެއް ކަމަސްވާ ސާރާ ބެއްލާގެ ފަރާތުންނެވެ.
މީގެ އިތުރުން ޕާޓީ ބުނި ގޮތުގައި އޭނާ ހެދިބޮޑުވީ މުސްލިމުންނާ އެކުގައެވެ. "އަހަރެން ބޮޑުވީ މުސްލިމުންނާ އެކުގައި، އެހެންވީމާ މިހާރު މިއީ އެއްކަމެއް. މިހާރު އަހަރެންގެ ނަމަކީ ޔަޢުޤޫބު،" އޭނާ ބުންޏެވެ.
ޕާޓޭވަނީ ސީޒަނުގެ ކުރީކޮޅުގައި ލިބުނު އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައެވެ. މިދިޔަ ދެ ސީޒަނުގައިވެސް ޕްރީމިއަރ ލީގުގެ ދެވަނަ ހޯދާފައިވާ އާރސެނަލްގެ މެދުތެރޭގައި ޕާޓޭ އަކީ މުހިންމު ދައުރެއް އަދާކުރާ ކޫލުންތެރިއެކެވެ.
އިތުރު ލިޔުންތައް

"އަނިޔާގެ ސަބަބުން އާސެނަލްގެ މުހިންމު ކުޅުންތެރިންނަށް ނުކުޅެވުނަސް ޖެހިލުމެއް ނުވޭ" އާސެނަލްގެ ކޯޗު
7 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: ސަލާޙު ފަހުވަގުތު ޖެހި ގޯލާއެކު އާރސެނަލް ގެ އަތުން ލިވަޕޫލަށް މުހިންމު ޕޮއިންޓެއް.
7 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: ނިއުކާސަލް އިން އާސެނަލް ހަމަބިމަށް ތިރިކޮށްފި
7 މަސް ކުރިން