logo
ޚަބަރު

ކުޑަކުދިންނަކީ ޤައުމުގެ ދެމި އޮތުން، އެ ކުދިން ހެޔޮ ގޮތުގައި ބޮޑެތިކުރުމަކީ ޤައުމުގެ ކުރިމަގަަށް އޮތް އޮތް ފާގަތިކަމެއް: ރައީސް

30 މާރިޗު 2025: ފިތުރު ޢީދުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުޑަކުއްޖަކާ ސަލާމްކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
30 މާރިޗު 2025: ފިތުރު ޢީދުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުޑަކުއްޖަކާ ސަލާމްކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންނަކީ ޤައުމުގެ ދެމި އޮތުން ކަމަށާއި، އެ ކުދިން ހެޔޮ ގޮތުގައި ބޮޑެތި ކުރުމަކީ ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ ތަހުނުޔާ ކުޑަކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް ފޮނުއްވަމުން ޚިތާބުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށާއި، ކުޑަކުދިންގެ ދުވަހަކީ ޤައުމުގެ މިއަދުގެ އުފާވެރިކަމާއި މާދަމާގެ ފޮނި އުންމީދުތައް ގުޅިގެން އަންނަ ޚާއްޞަ މުނާސަބާތެއް ކަމަށެވެ.

އަދި އެކުދިންނަކީ މުސްތަޤްބަލުގައި މި ޤައުމުގެ ކަންކަމާ ހަވާލުވާނެ ކުދިން ކަމަށާއި، އެހެންކަމުން ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދިން ބޮޑެތިކޮށް، ދިވެހީންގެ ސިޔާދަތާއި، ކަރާމާތާއި، ތަމައްދުން ނަގަހައްޓަން އަރަފޯދޭ ބަޔެއްގެ ގޮތުގައި އެކުދިން ތަރުބިއްޔަތު ކުރުމަކީ މިއަދުގެ މުޖްތަމައުގެ ކޮނޑުގައި އެޅިފައި އޮތް އެންމެ ވާޖިބު ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

 

ކީރިތި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ މަތިވެރި އިރުޝާދުތަކުން އެނގެން އޮތް އެއް ޙަޤީޤަތަކީ، ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަން މަތީގައި ކަމެވެ. އެ ކުއްޖާގެ އުޅުމާއި ޢަޤީދާ ބައްޓަންވަނީ ބެލެނިވެރީން ދިން ތަރުބިއްޔަތެއްގެ މައްޗަށް ކަމެވެ،- ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚިތާބު

ރައީސް ވިދާޅުވީ، ކުޑަކުދިންނަކީ ބޮޑެތި މީހުންގެ އުޅުމާއި ދައްކާ ނަމޫނާ ނަކަލު ކުރާ ބައެއް ކަމުން، ކޮންމެ ނޭދެވޭ ކަމަކުން ކުޑަކުދިން ދުރުކުރުމަކީ މިއަދު ޢަޒުމް ކަނޑައަޅަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން  ގޭތެރެއާއި، މަގުމައްޗާއި، މިނޫން ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިޙްތިރާމް ކުރާ، އަދަބު އަޚްލާޤުން ޒީނަތްތެރިވެފައިވާ، ރީތި މާޙައުލެއް ދައްކައި، ޒަމާނަށް ފެތޭނެ، މާދަމާއަށް ބޭނުން ހިފޭނެ، ތަޢުލީމާއި ތަމްރީނު އެ ކުދިންނަށް ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

އަދި ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމަށް އެ ކުދިންނަށް ނަސޭހަތް ދެއްވަމުން ރައީސް ވަނީ ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވެ، މައިންބަފައިންނާއި ޤައުމުދެކޭ ލޯބިވާ ދަރިންތަކަކަށް ވުމަށް އެކުދިންގެ ކިބައިން އެދިވަޑައިގަންނަވައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | 12 ގަޑިއިރު ކުރިންރާއްޖެއާއި ޗައިނާއާ ދެމެދު 11 އެއްބަސްވުމެެއްގައި ސޮއިކޮށްފި ޚަބަރު | 2 ދުވަސް ކުރިންޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަނާއާ ރައީސް ބައްދަލުކުރައްވައިފިޚަބަރު | 2 ދުވަސް ކުރިންރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އިންވެސްޓުމަންޓުގެ ފުރުސަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި ޚަބަރު | 2 ދުވަސް ކުރިން