logo
Bank of Maldives

Bank of Maldives

ޚަބަރު

ރައުދުގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފި

އަޙްމަދު ޒަލީފް
10 މޭ 2025 - 13:52
ރައުދުގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފި

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21) ގެ ބަންދަށް އިތުރު ފަސް ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި، ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދު ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް 24 ގައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އާންމުން ތުހުމަތުކުރަމުން ދިޔުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މައްސަލަ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.

ފުލުހުން ވަނީ އޭނާގެ މައްޗަށް ހާދިސާގައި ބައިވެރިވުމުގެ އިތުރުން، މަސްތުވެފައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ކޮށްފައެވެ.

މި މައްސަލައިގައި ޔުމްނުއާއެކު އުޅުނު އިތުރު ހަތް މީހުންގެ ތެރެއިން ރައުދު ފިޔަވައި އެހެން އެންމެން ވަނީ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ދިނުމަށް އިންކާރުކޮށްފައެވެ.

މިވަގުތު ޔުމްނުއަށް މެލޭޝިއާގައި އިތުރު ފަރުވާދެމުންދާއިރު ޔުމްނު ވަނީ މައްސަލައާއި ގުޅޭ ބައެއް ވާހަކަތައް ހިއްސާކޮށްފައެވެ. ޔުމްނުގެ އާއިލާއިން ބުނި ގޮތުގައި ޔުމްނު އަމިއްލައަށް ފުންމާލީ ނޫން ކަމަށާއި ބަޔަކު އޭނާ ވައްޓާލީކަމަށް ޔުމްނު ވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައުދު ފުރައިގެން ދިޔަ ވާހަކަ އަކީ ދޮގެއް: ފުލުހުން ޚަބަރު | 3 މަސް ކުރިންޔުމްނު ވެއްޓުނު މައްސަލައިގެ ރިޕޯޓު ދެ ހަފުތާގެ ތެރޭގައި ރައީސަށް ހުށަހަޅާނެ: ކޮމިޝަންޚަބަރު | 4 މަސް ކުރިންރައުދު ބަންދުން ދޫކޮށްލައިފި ޚަބަރު | 4 މަސް ކުރިންރައުދުގެ މައްސަލަ ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިޚަބަރު | 4 މަސް ކުރިން