logo
Bank of Maldives

Bank of Maldives

ޚަބަރު

ރައުދު ފުރައިގެން ދިޔަ ވާހަކަ އަކީ ދޮގެއް: ފުލުހުން

އަޙްމަދު ޒަލީފް
14 ޖޫން 2025 - 07:22
ރައުދު ފުރައިގެން ދިޔަ ވާހަކަ އަކީ ދޮގެއް: ފުލުހުން

އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ވެއްޓުނު މައްސަލާގައި، ހާދިސާ ހިނގި ވަގުތު އޭނާއާއެކު ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަމަށް ދެކެވޭ ވާހަކަތަައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން މި ވާހަކަތައް ދޮގުކޮށްފައިވާއިރު، ރައުދުއަށް ފުރުން މަނާކުރުމަށް ކުރިން ނެރެފައިވާ އަމުރު އަދިވެސް ދެމިއޮތް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި ރައުދުގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން ކޯޓުން ދަމަހައްޓަމުން އައި ނަމަވެސް، މިދިޔަ މަހުގެ 22 ވަނަ ދުވަހު ފުލުހުން އޭނާ ދޫކޮށްލިއެވެ. އެހެންނަމަވެސް، ކުޑައިރުކޮޅެއްގެ ތެރޭގައި އަލުން ބަންދުކޮށް، ޖެހިގެން އައި ދުވަހު ކޯޓަށް ގެންދިއުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދު ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް 24 ގައެވެ. ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރުމުގެ އިތުރުން، އެ ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައެވެ.

ރައުދުގެ މައްޗަށް މިމައްސަލާގައި ކުރި ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަސް ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މިމައްސަލައިގައި އަނިޔާވި ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފައިވާއިރު، އޭނާގެ ބަޔާން ނެގުމަށް ފުލުހުން އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އާއިލާގެ އެއްބާރުލުން ނުލިބުމުން ބަޔާން ނުނެގިވާތީ އެކަމުގައި މެލޭޝިއާ ފުލުހުންގެ އެހީތެރިކަން ހޯދަން ފުލުހުން ވަނީ ނިންމާފައެވެ.

މިމައްސަލަ ބެލުމުގައި އެއްވެސް އިދާރާއަކަށް އެއްވެސް ނުފޫޒެއް އޮތްތޯ ބެލުމަށާއި، ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކަންކަން ކޮށްފައިވޭތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ކޮމިޝަނެއްވެސް އުފައްދަވާފައެވެ. އެ ކޮމިޝަނުން ދަނީ މައްސަލައާއި ގުޅުންހުރި ފަރާތްތަކުގެ ބަޔާންތައް ނަގާ ކަންހިނގާފައިވާ ގޮތް ގާތުން ބަލަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭން ގެއްލިގެން ހޯދި 15 އަހަރުގެ ކުއްޖާ ފެނިއްޖެޚަބަރު | 18 ގަޑިއިރު ކުރިންހުޅުމާލޭން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީޚަބަރު | 20 ގަޑިއިރު ކުރިންއިންޑޮނޭޝިއާގައި ކުރިއަށްދިޔަ ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން ތަމްރީނެއްގައި ފުލުހުން ބައިވެރިވެއްޖެޚަބަރު | ދުވަހެއް ކުރިންއެންޕީއެމް ރިޕޯޓާ ގުޅިގެން މީޑިއާތަކުން ޚަބަރު ގެނެސްދިން ގޮތާ މެދު ފުލުހުންގެ ކަންބޮޑުވުން!ޚަބަރު | 2 ދުވަސް ކުރިން