logo
MPL

MPL

ޚަބަރު

ރައުދު ބަންދުން ދޫކޮށްލައިފި

ރައުދު ބަންދުން ދޫކޮށްލައިފި

ހެންވޭރު މީޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު، ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލު ބަންދުން ދޫކޮށްލައިފިއެވެ.

ރައުދު ދޫކޮށްލާފައިވަނީ ދެވަނަ ފަހަރަށް އޭނާ ހައްޔަރުކޮށް ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަހުގެ މުއްދަތެއް ޖަހާފައިވަނިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނީ ރައުދުގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިރުޝާދުދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ޕީޖީ އޮފީހުން ދީފައިވާ އިރުޝާދާއެއްގޮތަށް ރައުދު ބަންދުން ދޫކޮށްލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ޔުމްނު ވެއްޓިފައި އޮތްވާ ފެނުނު މައްސަލައާ ގުޅިގެން ރައުދު އަހުމަދު ޒިލާލު ހައްޔަރުކުރީ އޭނާ ވެއްޓުނުއިރު އޭނާއާއެކު ރައުދު ހުރިކަން ވީޑިއޯ ފުޓޭޖްތަކުން ފެންނާތީއެވެ. ޔުމްނު ވެއްޓުނީ ހ. ފެންޓޯނިއާގެއިންނެވެ. އެ ގޭގައި ރައުދުއާއި ޔުމްނު އެކުގައި އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެނެއެވެ.

މިހާދިސާގައި ވެއްޓުނު ޔުމްނުއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު އިތުރުފަރުވާއަށް މިހާރުވަނީ މެލޭޝިޔާއަށް ގެންގޮސްފައެވެ. މިހާދިސާ ތަހުގީގުކުރަން، ޚާއްސަ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުވަނީ އުފައްދަވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަސްރުގެ ދުވަހުގެ ފަރިތަކުރުންތައް ކުރިއަށް ދާތީ ނޮވެެމްބަރު 2 އާ ހަމައަށް ވަކި އަދި މަގުތަކެއް ބަންދުވާނެޚަބަރު | ދުވަހެއް ކުރިންއިންޖީނަކާ ޑިންގިއެއް ވިއްކާނެ ކަމަށް ބުނެ ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | 4 ދުވަސް ކުރިންފުނަދޫ އަލިފާން: ޕެޓްރޯލް ޝެޑުގެ އަލިފާންގަނޑު ފެތުރި ބޮޑެތި ގެއްލުންތަކެއް، ފުލުހުންގެ މޭޖާ ކްރައިމްސް ޓީމެއް އެރަށަށްޚަބަރު | 7 ދުވަސް ކުރިންބޮޑެތި ސްކޭމްތައް ހުއްޓުވުމަށް ފުލުހުން އައިއައިސީއޭ ރިޒޮލިއުޝަންގައި ސޮއިކޮށްފިޚަބަރު | 7 ދުވަސް ކުރިން