logo
E-Platinum
ޚަބަރު

ޔުމްނު ވެއްޓުނު މައްސަލައިގެ ރިޕޯޓު ދެ ހަފުތާގެ ތެރޭގައި ރައީސަށް ހުށަހަޅާނެ: ކޮމިޝަން

2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން"ގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު -- ފޮޓޯ: ރައީސް އޮފީސް
2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން"ގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު -- ފޮޓޯ: ރައީސް އޮފީސް

ހުސްވި އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގެއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ޙާދިސާގެ މައްސަލަ ތަހުގީގުކުރަން އުފެއްދި ކޮމިޝަނުގެ ރިޕޯޓު، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ހުށަހަޅުއްވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ހުސްވި އޭޕްރީލް މަހު ހިނގި މި ހާދިސާ ހިނގާ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ޤަރާރަކުން ކޮމިޝަނެއް އެމަނިކުފާނު އުފެއްދެވީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. އެ ކޮމިޝަނަށް ކިޔަނީ "2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން"އެވެ.

މި ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ:

  • ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
  • ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
  • ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
  • ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
  • އާމިނަތު އީނާސް، ހ. ހަބަރުގެ


މި ކޮމިޝަނުގެ  މައިގަނޑު މަޤްޞަދަކީ މި ހާދިސާއާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރުހިފޭ ތަޙުޤީޤެއް ކުރުމެވެ. އަދި މި ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.

އެގޮތުން އެ ކޮމިޝަނުން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، ކޮމިޝަނާ ހަވާލުކުރި އެ ތަހުގީގުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި، އެ ތަހުގީގުގެ ރިޕޯޓު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ރައީސަށް ހުށަހަޅުއްވާނެ ކަމަށެވެ.

undefined

18 ވަނަ ދުވަހު ހިނގި ހާދިސާ ތަހުގީގުކުރަން ރައީސް އެކުލަވާލި ރިޔާސީ ކޮމިޝަނުގެ މެންބަރުން -- ފޮޓޯ: ރައީސް އޮފީސް

އެގޮތުން މީގެ ކުރިން އެ ކޮމިޝަނުން ބުނި ގޮތުގައި، މި މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، ގުޅުންހުރި އިދާރާތަކާއި ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކޮށް، އެ މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ފަރާތުން މައުލޫމާތު ވެސް ސާފުކޮށްފައެވެ. އޭގެ ތެރޭގައި ޔުމްނު ވެއްޓުނު މައްސަލައިގެ ތުހުމަތުގެ މީގެ ކުރިން ބަންދުކުރި ރައުދު އަޙްމަދު ޒިލާލްއާ ވެސް އެ ކޮމިޝަނުން ވަނީ ބައްދަލުކޮށް ސުވާލުކޮށްފައެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ފެންޓެނޯއީ ގެއިން، އެގެއާ އިންވެގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު ޔުމްނުއަށް ފަރުވާދެމުންދަނީ މެލޭޝިއާގައެވެ. އޭނާގެ ޙާލު ރަނގަޅުވަމުން އަންނައިރު، ތަޙުޤީޤުކުރުމަށް އޭނާގެ އާއިލާއިން އެހީތެރިކަން ނުދޭތީ ބަޔާން ނެގުމަށް މެލޭޝިއާ ފުލުހުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް މިދިޔަ މަހުގެ ފަހުކޮޅު ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

އެހެންކަމުން މިއަދާ ހަމައަށް ވެސް ޔުމްނުގެ ބަޔާން ނެގުނުކަމެއް ކަށަވަރުކުރެވޭ ގޮތް ވަނީ ނުވެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ ގައުމުގެ ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރާނެ: ލަންކާ ރައީސްޚަބަރު | 3 ގަޑިއިރު ކުރިންލަންކާގެ ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިޚަބަރު | 5 ގަޑިއިރު ކުރިންރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުރި ސަފީރު ނިޔާވުމުން ރައީސް ޑރ. މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 5 ގަޑިއިރު ކުރިންއާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭނެޚަބަރު | 19 ގަޑިއިރު ކުރިން