ހެރީ ކޭންގެ ކެރިއަރުގެ ފުރަތަމަ ތަށި އުފުލާލައިފި

ހޭރީކޭން. ފޮޓޯ: ބަޔާން މިޔުނިކް

11 މޭ 2025 - 05:18
ޖަރުމަން ލީގުގައި ރޭ ބޮރޫޝިއާ މޮންޗެންގްލެޑްބަކާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ބަޔާން މިއުނިކުން ބުންޑަސްލީގާގެ ތަށި އުފުލާލައިފިއެވެ.
މި މެޗަށް ނިކުތްއިރުވެސް ބަޔާން މިއުނިކަށް ވަނީ ޗެމްޕިއަންކަން ކަށަވަރުވެފައެވެ. އެލިއަންޒް އެރީނާގައި ކުޅުނު މި މެޗަކީ ލީގުގައި ބާކީ އެންމެ މެޗެއް އޮތްއިރު، ބަޔާން މިއުނިކް އެ ދަނޑުގައި ކުޅޭނެ ފަހު މެޗަށް ވުމާއެކު، މެޗަށްފަހު ލީގު ޓްރޮފީ އެ ޓީމާ ހަވާލުކޮށްފައިވެއެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 31 ވަނަ މިނިޓުގައި ހެރީ ކޭން ވަނީ ލަނޑެއް ޖަހައި ބަޔާން މިއުނިކަށް ލީޑު ނަގަިއިދީފައެވެ. މިއީ މި ސީޒަނުގައި އޭނާ ލީގުގައި ޖެހި 25 ވަނަ ލަނޑެވެ. މި ސީޒަނުގައި ކޭންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މިއީ އޭނާއަށް ކެރިއަރުގައި ކާމިޔާބުކުރެވުނު ފުރަތަމަ ތަށްޓެވެ. ބަޔާން މިއުނިކާއެކު އޭނާ ހޭދަކުރި ދެ ސީޒަނުގައި ޖުމުލަ 61 ލަނޑު ޖަހައިދީފައިވެއެވެ.
އަނިޔާގެ ސަބަބުން ދެ މަސްދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު ބަޔާން މިއުނިކްގެ ކީޕަރު މެނުއެލް ނޯޔާ ވަނީ މި މެޗުގައި އަނބުރާ ދަނޑަށް ނިކުމެފައެވެ. އަދި މި ސީޒަނަށްފަހު ބަޔާން މިއުނިކް ދޫކޮށްލާނެކަން އިއުލާންކޮށްފައިވާ ފޯވަޑް ތޯމަސް މުލާ ވަނީ މި މެޗުގައި ކުޅެ، ބަޔާން މިއުނިކަށް އޭނާ ކުޅެދިން މެޗުގެ އަދަދު 750 އަށް އަރުވާފައެވެ.
މެޗުގެ 84 ވަނަ މިނިޓުގައި މުލާ ބަދަލުކުރުމާއެކު ޓީމުގެ ކުޅުންތެރިން ވަނީ އޭނާއަށް ދަނޑުމަތީގައި ގާޑް އޮފް އޮނާއެއް އަރުވާފައެވެ. އަދި މެޗުގެ ފަހު މިނިޓުގައި ފްރާންސްގެ މައިކަލް އޮލިސޭ ވަނީ ބަޔާން މިއުނިކަށް ދެވަނަ ލަނޑު ޖަހައިދީފައެވެ.
އިތުރު ލިޔުންތައް

މި ސީޒަންގެ އެންމެ ފޯމުގައި އޮތް ބާސެލޯނާއިން ބަޔާން މިޔުނިކް ލަދުގަންނަވާލައިފި.
7 މަސް ކުރިން
މުސިއާލާ ގެ ހެޓްރިކާއެކު ބާޔާން މިޔުނިކް ޑީ.އެފް.ޕީ ޕޮކާލްގެ ތިންވަނަ ބުރަށް.
7 މަސް ކުރިން
ބަޔާން މިއުނިކްގެ ޑިފެންޑަރު އަލްފޮންސޯ ޑޭވިސް މަސްތުގެ ހާލުގައި މަގުމަތިން ހިފަހައްޓައިފި
6 މަސް ކުރިން