logo
Bank of Maldives

Bank of Maldives

ޚަބަރު

ހިލޭ ޑިގްރީ ޕްރޮގްރާމުގައި 8300 ދަރިވަރުން، ޚަރަދަށް 51 މިލިއަން

އާމިނަތު ޝަފާ
11 މޭ 2025 - 11:28
ހިލޭ ޑިގްރީ ޕްރޮގްރާމުގައި 8300 ދަރިވަރުން، ޚަރަދަށް 51 މިލިއަން

ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން މި އަހަރުގެ މިހާތަނަށް 8327 ދަރިވަރުން ކިޔަވަމުންދާއިރު، އެޕްރީލް މަހުގެ ނިޔަލަށް 51.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ހިލޭ ޑިގްރީ ޕްރޮގްރާމުގައި ކިޔަވަމުންދާ އަންހެން ދަރިވަރުންގެ އަދަދު ބޮޑުތަނުން އިތުރެވެ. އެޕްރީލް މަހުގެ ނިޔަލަށް އަދާހަމަކުރި މައުލޫމާތު ތަކަށް ބަލާއިރު، ހިލޭ ޑިގްރީއަށް ކިޔަވަމުން ދަނީ 5258 އަންހެން ދަރިވަރުންނާއި 3069 ފިރިހެން ދަރިވަރުންނެވެ. މި އަދަދުތަކަށް ބަލާއިރު ފިރިހެން ދަރިވަރުންނާ އަޅާބަލާއިރު 2189 އަންހެން ދަރިވަރުން ގިނައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔަވާ ދަރިވަރުން އިތުރުވަމުން އަންނައިރު، ސަރުކާރުގެ ލޯން އެހީގައި ރާއްޖެއިން ބޭރުގައި ވެސް ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފުރަތަމަ ޑިގްރީ ސްކީމް އަދި ސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން ޖުމްލަ 9،044 ދަރިވަރުން ދަނީ މި ވަގުތު މަތީ ތަޢުލީމު ހާޞިލުކުރަމުންނެވެ.

ސްކޮލަޝިޕް ސްކީމްތަކުގެ ދަށުން ޖުމްލަ 717 ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތު ދެވިފައިވާއިރު، މި އަހަރު މިހާތަނަށް ސްކޮލަޝިޕްގެ ދަށުން ކިޔެވުން ފަށާފައިވަނީ 25 އަންހެން ދަރިވަރުންނާއި 9 ފިރިހެން ދަރިވަރުންނެވެ. އަދި މި އަހަރު މި ސްކީމްގެ ދަށުން މިހާތަނަށް ޖުމްލަ 55.5 މިލިއަން ރުފިޔާ ވަނީ ދަރިވަރުންނަށް ދޫކުރެވިފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޕެއިންގައި ކިޔަވާ ކުދިންގެ ތެރެއިން ލޯނަށް ޝަރުޠު ހަމަވީ 52 ދަރިވަރުންޚަބަރު | 3 މަސް ކުރިންރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާ ތަކުގެ އަދަދު 132 އަށްޚަބަރު | 4 މަސް ކުރިންރައީސްގެ ސްކޮލާޝިޕް ހޯދި ދަރިވަރުން އެޕްލިކޭޝަން ހުށައަޅަން ހުޅުވާލައިފި ޚަބަރު | 4 މަސް ކުރިންޗައިނާއިން ހިލޭ ޕީއެޗްޑީއާއި މާސްޓަރސްއަށް ކިޔެވުމުގެ 39 ސްކޮލަރޝިޕަށް ހުޅުވާލައިފިޚަބަރު | 6 މަސް ކުރިން