logo
E-Platinum
ޚަބަރު

ޔުމްނު ވެއްޓުނު މައްސަލައާ ގުޅުންހުރި ތަންތަނަށް ކޮމިޝަނުން ޒިޔާރަތްކުރަނީ

އަޙްމަދު ޒަލީފް
11 މޭ 2025 - 14:52
ޔުމްނު ވެއްޓުނު މައްސަލައާ ގުޅުންހުރި ތަންތަނަށް ކޮމިޝަނުން ޒިޔާރަތްކުރަނީ

ހ. ފެންޓަނޯއީ ގެއާ އިންވެގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް، ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮތްވާ ފެނުނު މައްސަލަ ތަޙުޤީޤުކުރުމަށް ކަމާ ބެހޭ ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ކޮމިޝަނުން ފަށްޓަވައިފިއެވެ.

ޔުމްނު ވެއްޓިފައި އޮތްވާ ފެނުނު މައްސަލަ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ކޮމިޝަނެއް އުފެއްދެވީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. މި ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގިނަ ބާރުތަކެއް ދެއްވާފައެވެ.

މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކޮމިޝަނުން ވިދާޅުވީ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، ގުޅުންހުރި އިދާރާތަކުގެ ކަމާއި ބެހޭ މުވައްޒަފުންނާ ބައްދަލުކޮށް، މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ކިބައިން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށެވެ.

ރައީސުލުޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ ކޮމިޝަންގެ މަސައްކަތަށް އާންމުންގެ އެހީތެރިކަން ހޯދުމަށް ހާއްސަ ޕޯޓަލެއްވެސް ވަނީ ހުޅުވާލާފައެވެ. މި ޕޯޓަލްގެ ޒަރީއްޔާއިން އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާއި ގުޅޭ ފޮޓޯއާއި ވީޑީއޯ އާއި އެނޫންވެސް ލިޔެކިއުމެއް ނުވަތަ މައުލޫމާތުތައް ކޮމިޝަނާއި ހިއްސާ ކުރެވޭނެއެވެ.

މީގެ އިތުރުން، ކޮމިޝަނުގެ މަސައްކަތާއި ގުޅޭގޮތުން ސުވާލެއް އޮތްނަމަ އެ ޕޯޓަލް މެދުވެރިކޮށް ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.

ޔުމްނު ވެއްޓުނު މައްސަލަ ފުލުހުން ތަޙުޤީގުކުރަމުންދާއިރު، މި މައްސަލައިގަ އެކަކު ހައްޔަރުކޮށް، 9 މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ރާއްޖެއިން ބޭރަށް ނުދެވޭ ގޮތަށް އެ މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައުދު ފުރައިގެން ދިޔަ ވާހަކަ އަކީ ދޮގެއް: ފުލުހުން ޚަބަރު | 2 މަސް ކުރިންޔުމްނު ވެއްޓުނު މައްސަލައިގެ ރިޕޯޓު ދެ ހަފުތާގެ ތެރޭގައި ރައީސަށް ހުށަހަޅާނެ: ކޮމިޝަންޚަބަރު | 2 މަސް ކުރިންރައުދު ބަންދުން ދޫކޮށްލައިފި ޚަބަރު | 2 މަސް ކުރިންރައުދުގެ މައްސަލަ ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިޚަބަރު | 2 މަސް ކުރިން