logoEN
ކުޅިވަރު

ނިއުކާސަލް އަތުން ޗެލްސީ ބަލިވެ، ޗެންޕިއަންސް ލީގުގެ ޖާގައިގެ ފޯރިގަދަވެއްޖެ

މެޗުތެރެއިން. ފޮޓޯ؛ ނިއުކާސަލް

މެޗުތެރެއިން. ފޮޓޯ؛ ނިއުކާސަލް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

11 މޭ 2025 - 18:44

ނިއުކާސްލް ޔުނައިޓެޑް ޗެލްސީއާ ކުޅުނު މެޗު2-0 އިން ނިއުކާސަލް މޮޅުވެ، ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު އިތުރަށް ފުޅާކޮށްލައިފައެވެ. މި މެޗުގައި ޗެލްސީގެ ނިކޮލަސް ޖެކްސަންއަށް ވަނީ 35 ވަނަ މިނެޓުގައި ރަތް ކާޑު ދައްކާފައެވެ.

ނިއުކާސަލްގެ ސެންޓް ޖޭމްސް ޕާކުގައި ކުޅުނު މި މެޗުގައި ނިއުކާސްލްގެ ފުރަތަމަ ލަނޑު ޖެހީ މެޗު ފެށިގެން ދެވަނަ މިނެޓުގައި ސަންޑްރޯ ޓޮނާލީއެވެ. ޖޭކަބް މަރފީގެ ކްރޮސް އަށް ޓޮނާލީ ޖެހި ބޯޅަ ވަނީ ޗެލްސީގެ ގޯލަށް ވަދެފައެވެ.

ޗެލްސީގެ އުންމީދުތަކަށް އިތުރު ލޮޅުމެއް އެރީ 35 ވަނަ މިނެޓުގައި ނިކޮލަސް ޖެކްސަން ސްވެން ބޮޓްމަންގެ ބޮލުގައި އަތުން ޖެހުމާ ގުޅިގެން ރަތް ކާޑު ދައްކައި ބޭރުކުރުމުންނެވެ. މި ހާދިސާ ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ޖެކްސަން ކުޅުމުން ބޭރުކުރުމަށެވެ.

ދެވަނަ ހާފުގައި ޗެލްސީ ވަރަށް ރަނގަޅު ކުޅުމެއް ދައްކައި، ގިނަ ފުރުސަތުތަކެއް ހޯދިއެވެ. މާކް ކުކުރެއްލާގެ ޝޮޓާއި އެންޒޯ ފަނާންޑެޒްގެ ޝޮޓު ނިއުކާސްލްގެ ގޯލްކީޕަރ ނިކް ޕޯޕް ވަނީ ހުއްޓުވާލާފައެވެ. އަދި ރީސް ޖޭމްސްއަށްވެސް ވަރަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާގެ ހެޑަރ ދިޔައީ ގޯލުން ބޭރަށެވެ.

ނިއުކާސަލްގެ ދެވަނަ ގޯލުޖެހީ މެޗުގެ 90 ވަނަ މިނެޓުގައި ބްރޫނޯ ގިމަރާއިސް އެވެ. މި މޮޅުވުމާއެކު ނިއުކާސްލް ވަނީ މެންޗެސްޓަރ ސިޓީ އަށްވުރެ ކުރިއަށް ގޮސް ތާވަލުގެ ތިންވަނަ އަށް އަރާފައެވެ. އަދި ޗެލްސީއަށްވުރެ 3 ޕޮއިންޓް އިތުރުވެފައެވެ.

ޗެލްސީ މިވަގުތު ޗެންޕިއަންސް ލީގުގެ ފަހު ޖާގަ (5 ވަނަ) ގައި އޮތްއިރު، 6 ވަނައިގައޮ އޮތް އެސްޓަން ވިލާވެސް އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައެވެ. އަދި ނޮޓިންގްހަމް ފޮރެސްޓް އޮތީ އެންމެ ޕޮއިންޓަކުން ތާވަލުގެ 8 ވަނައިގައެވެ. މި ނަތީޖާއާއެކު އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ޖާގައެއް ހޯދަން މަސައްކަތްކުރާ ޓީމުތަކުގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.

ކޮމެންޓް

871x217_placeholder