logo
Bank of Maldives

Bank of Maldives

ޚަބަރު

ފ. މަގޫދޫ އެއަރޕޯޓްގެ މަސައްކަތް މި ދައުރުގައި ނިންމާނަން: މުއްޠަލިބް

މުހައްމަދު މޫސާމުހައްމަދު މޫސާ
12 މޭ 2025 - 09:09
މަގޫދޫ އެއަރޕޯޓްގެ މަސައްކަތް މި ދައުރުގައި ނިންމާނަން: މުއްޠަލިބް

ފ. މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި، އެ މަޝްރޫޢު މި ދައުރުގެ ތެރޭގައި ނިންމަވާނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑރ. ޝަމްހީދު ވަނީ 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ފ. މަގޫދޫ އެއަރޕޯޓްގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރާ ސުވާލުކުރައްވާފައެވެ.

"މަގޫދޫގައި ފަށާފައި އޮތް މަޝްރޫޢު އަޅުގަނޑުމެން ނިންމާނަން. މި ދައުރުގެތެރޭގައި ނިންމާ އެއަރޕޯޓް ހުޅުވާނަން. މިހާރު ޝޯ ޕްރޮޓެކްޝރޮޓެކްޝަން ކުރިއަށްދޭ. ލަސްތަކެއް މަޝްރޫޢުގައި އުޅުނުނަމަވެސް، އެ މަސައްކަތް އަވަހަށް ނިންމުމަށް މަސައްކަތް ކުރާނަން," މިނިސްޓަރު ވިދާު ވިދާޅުވިއެވެ.

މަގޫދޫ އެއަރޕޯޓްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރެވުނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މިހާތަނަށް ރަންވޭގެ ތާރުއެޅުމާ ގުޅޭ މަސައްކަތްތަކާއި، ޓަރމިނަލްގެ 50% އަށްވުރެ ގިނަ މަސައްކަތް ވަނީ ނިމިފައެވެ.

މަގޫދޫ އެއަރޕޯޓް ތަރައްޤީކުރަނީ ރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެއަރޕޯޓުގައި މިހާރު ތަރައްޤީކުރަން ނިންމާފައިވަނީ 1800 މީޓަރުގެ ރަންވޭއެކެވެ. މި މަޝްރޫޢަށް ސަރުކާރުން 231 މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް ލަފާކުރެވެއެވެ.

މިނިސްޓަރު މުއްޠަލިބް އިތުރަށް ވިދާޅުވީ، މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް، ފ. ނިލަންދޫގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްވެސް މި ސަރުކާރުގެ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައުސިން އެފޯޑަބިލިޓީ މަޝްރޫއާއިއެކު އާމްދަނީގެ އެކި ގިންތިތަކަށް އަތްފޯރާ ފަށަށް ބޯހިޔާވެހިކަން ތަނަވަސްވާނެ: މުއްތަލިބް ޚަބަރު | 17 ދުވަސް ކުރިންފްލެޓް ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ: ވަޒީރު މުއްޠަލިބްޚަބަރު | 25 ދުވަސް ކުރިން20 ރަށެއްގެ ފެނާއި ނަރުދަމާ ނުލިބި އެތައް އަހަރެއް، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭނެ: މުއްތަލިބްޚަބަރު | މަހެއް ކުރިންރާއްޖޭގައި ފުރަތަމަފާހަގަކުރާ އިންޖިނިއަރުންގެ ދުވަހަށް ވަރަށްބޮޑު ތަރުހީބެއްލިބޭ : މިނިސްޓަރު މުއްތަލިބް ޚަބަރު | މަހެއް ކުރިން