logo
MPL

MPL

ޚަބަރު

ވިތުހޯލްޑިން ޓެކްސް ބޮޑު ކުރުމުން ދިވެހި ކޮންޓްރެކްޓަރުންނަށް ވާދަވެރި މާހައުލެއް ޤާއިމްވާނެ

އައިޝަތު ނަޝާ
17 އޯގަސްޓު 2026 - 10:51
ވިތުހޯލްޑިން ޓެކްސް ބޮޑު ކުރުމުން ދިވެހި ކޮންޓްރެކްޓަރުންނަށް ވާދަވެރި މާހައުލެއް ޤާއިމްވާނެ

ރާއްޖޭގައި މަސައްކަތްކުރާ ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިން ޓެކްސް 10 އިންސައްތައަށް ބޮޑުކުރުމަކީ ދިވެހި ކުންފުނިތަކަށް ވާދަވެރި މާހައުލެއް ގާއިމުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޢަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، 20 ޖުލައި 2021 ގައި އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން ނަގާ ވިތުހޯލްޑިން ޓެކްސް 10 އިންސައްތައިން ފަސް އިންސައްތައަށް ކުޑަކުރުމަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަދަލުގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންނާ އަޅައި ބަލާއިރު ބޭރުގެ ކޮންޓްރެކްޓަރުންނަށް ޓެކްސްގެ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އަލުން މި ޓެކްސް 10 އިންސައްތައަށް އިއާދަކުރުމަކީ މި ފަރަގު ނައްތާލައި، ދިވެހި ކުންފުނިތަކަށް ވާދަވެރި މާހައުލެއް ގާއިމުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވިތުހޯލްޑިން ޓެކުހަކީ އާމްދަނީ ލިބޭ ފަރާތަށް ފައިސާ ދޫކުރުމުގެ ކުރިން، ފައިސާ ދައްކާ ފަރާތުން އެ ފައިސާއިން އުނިކޮށް ދައުލަތަށް ދައްކަން ޖެހޭ ޓެކުހެކެވެ. ރާއްޖޭގައި މި ޓެކްސް ނަގަނީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުން ލިބޭ އާމްދަނީންނެވެ.

އާންމު ގޮތެއްގައި މި ޓެކްސް ނަގަނީ ރޯޔަލްޓީއާއި، ޓެކްނިކަލް ފީއާއި، ޑިވިޑެންޑްގެ އިތުރުން ކޮންޓްރެކްޓް މަސައްކަތްތަކަށް ދައްކާ ފައިސާއިންނެވެ. މި ނިޒާމުގެ ސަބަބުން ޓެކްސް ނުދައްކައި ފައިސާ ބޭރުވުން ހުއްޓުވައި، ދައުލަތުގެ އާމްދަނީ ރައްކާތެރިކޮށްދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިތުހޯލްޑިން ޓެކްސް ބޮޑު ކުރުމުން ދިވެހި ކޮންޓްރެކްޓަރުންނަށް ވާދަވެރި މާހައުލެއް ޤާއިމްވާނެޚަބަރު | 2 ގަޑިއިރު ކުރިންއިގްތިސާދު ރަނގަޅުވާއިރަށް އައްޑޫ ބްރިޖުގެ މަޝްރޫޢު ފެށުމަށް ތައްޔާރުވަނީޚަބަރު | 14 ދުވަސް ކުރިންއައްޑޫ ލިންކު ރޯޑުގެ މަސައްކަތް އަވަސްކުރެވޭނެ ގޮތެއް ހޯދަނީޚަބަރު | 14 ދުވަސް ކުރިން''މާލޭގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަކީ އަމާޒު''ޚަބަރު | މަހެއް ކުރިން