logo
Bank of Maldives

Bank of Maldives

ޚަބަރު

ޗައިނާއިން ހިލޭ ޕީއެޗްޑީއާއި މާސްޓަރސްއަށް ކިޔެވުމުގެ 39 ސްކޮލަރޝިޕަށް ހުޅުވާލައިފި

އާމިނަތު ޝަފާ
12 މޭ 2025 - 09:38
ޗައިނާއިން ހިލޭ ޕީއެޗްޑީއާއި މާސްޓަރސްއަށް ކިޔެވުމުގެ 39 ސްކޮލަރޝިޕަށް ހުޅުވާލައިފި

ޗައިނާއިން ހިލޭ ޕީއެޗްޑީއާއި މާސްޓަރސްއަށް ކިޔެވުމުގެ 39 ސްކޮލަރޝިޕަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އިއްޔެ ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ހުޅުވާލީ، ޗައިނާގައި ކިޔަވަން ޕީޗްއެޗްޑީގެ 14 ފުރުޞަތު، މާސްޓަރސްއަށް ކިޔަވަން 25 ފުރުޞަތަށެވެ. މި ސްކޮލަރޝިޕަށް ކުރިމަތިލާން ހުޅުވާލީ އިއްޔެއެވެ. މުއްދަތު ހަމަވަނީ އަންނަ ބުރާސް ފަތި ދުވަހުގެ 2:00 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން ދޭ މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ޓިއުޝަން ފީއާއި އޮންކެމްޕަސް އެކޮމޮޑޭޝަނާއި ސްޓައިޕެންޑާއި ރިސެޓެލްމަންޓް ފީއާއި މެޑިކަލް އިންޝުރެންސާއި އަދި ދެކޮޅު ޓިކެޓް ހަމަޖައްސައިދެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި ޕަބްލިކް ޕޮލިސީ އެނަލައިސިސްއާއި އިކޮނޮމިކްސް ފޯރ ޕަބްލިކް ޕޮލިސީއާއި ރިސަރޗް ޑިޒައިން އެންޑް ޕްރެކްޓިސްއާއި ރިސަރޗް ޑިޒައިން އެންޑް ޕްރެކްޓިސްއާއި އިނޮވޭޝަން އެންޑް އިކޮނޮމިކްސް ޑިވެލޮޕްމަންޓް ސްޓްރެޓަޖީއާއި ޗައިނާސް ބަސް ހިމެނެއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން މާސްޓަރސް ޑިގްރީއަށް ހުށައަޅާ ފަރާތްތަކުން ހުށައަޅާ ކޯހާ ގުޅޭ ދާއިރާއިން ބެޗްލާސް ޑިގްރީ ނިންމާފައިވާ ފަރާތްތަކަށް ވާންޖެހެއެވެ. އަދި އެޕްލައި ކުރާ ކޯހާއި ގުޅޭ ދާއިރާއެއްގައިމަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުމާއި ޕަބްލިކް ސެކްޓަރ ގައި މަސައްކަތް ކުރާ ފަރާތެއް ކަމުގައިވުމުގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް 45 އަހަރު ފުރިފައި ނުވާ ފަރާތަކަށް ވާންޖެހެއެވެ.

ޕީއެޗްޑީއަށް ހުށައަޅާ ފަރާތްތަކުން ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއި އަދި އެޕްލައި ކުރާ ކޯހާއި ގުޅޭ ދާއިރާއެއްގައިމަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުމާއި ޕަބްލިކް ސެކްޓަރ ގައި މަސައްކަތް ކުރާ ފަރާތެއް ކަމުގައިވުމުގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް 45 އަހަރު ފުރިފައި ނުވާ ފަރާތަކަށް ވާންޖެހެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޕެއިންގައި ކިޔަވާ ކުދިންގެ ތެރެއިން ލޯނަށް ޝަރުޠު ހަމަވީ 52 ދަރިވަރުންޚަބަރު | 3 މަސް ކުރިންރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާ ތަކުގެ އަދަދު 132 އަށްޚަބަރު | 4 މަސް ކުރިންރައީސްގެ ސްކޮލާޝިޕް ހޯދި ދަރިވަރުން އެޕްލިކޭޝަން ހުށައަޅަން ހުޅުވާލައިފި ޚަބަރު | 4 މަސް ކުރިންޗައިނާއިން ހިލޭ ޕީއެޗްޑީއާއި މާސްޓަރސްއަށް ކިޔެވުމުގެ 39 ސްކޮލަރޝިޕަށް ހުޅުވާލައިފިޚަބަރު | 6 މަސް ކުރިން