ޔާމީނާއި ޖަމީލު ބައިވެރިވެގެން ނޫސްވެރިއަކަށް ފުރައްސާރަކޮށްފި


12 މޭ 2025 - 10:24
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ބޭއްވި ޖަލްސާއެއްގައި ރާއްޖޭގެ ނޫސްވެރިއަކަށް ފުރައްސާރަކޮށްފިއެވެ.
ޔާމީންގެ ގެކޮޅު ކޮޓަރިކޮޅެއްގައި ޕީއެންއެފް ގެ ޖަލްސާގެ ގޮތުގައި ބުނެ ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ޔާމީންގެ އިތުރުން އެމަނިކުފާނުގެ (ބަގާވަތް ކުރަން އުޅުއްވި ކަމުގެ ތުހުމަތުގައި ވަކިކުރެއްވި) ފުރަތަމަ ނައިބު ރައީސް ޖަމީލް ވެސް ވަނީ ޔާމީނާއި ބައިވެރިވެ އެ ނޫސްވެރިޔާ އަށް ފުރައްސާރައާއި މަލާމަތް ކޮށްފައެވެ.
މި ޢިއްޒަތްތެރި، މުޖުތަމައު ނަމޫނާ އަކަށް ބަލަންބުނާ ބޭފުޅުންގެ ފުރައްސާރަ އަމާޒުވީ ސަންގު ޓީވީގެ ނޫސްވެރިޔާ މަދަދާއަށެވެ.
މި ޖަލްސާގައި ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުރުން ޖަލްސާގެ އެހެން ބައިވެރިން ވެސް ވަނީ މަދަދާއަށް މަލާމާތްކޮށް ބާރަށް ހީ، ފުރައްސާރަކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން ސަންގު ޓީވީ އާއި މަދަދާގެ ފަރާތުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި މީޑިއާ ކައުންސިލުން ވެސް ބަޔާނެއް އަދި ނުނެރެއެވެ.
ނޫސްވެރިންނަށް ފުރައްސާރަކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވާ ނުރައްކަލެއްކަމަށް ބައިނަލްއަޤްވާމީ ނޫސްވެރިންގެ ޖަމްއިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ. މިފަދަ ޢަމަލުތަކުން ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅި، މުޖުތަމައުއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެދާނެއެވެ.
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ބައިސްކަލު ލޭނާއި ޑިގު ގަނޑު
9 މަސް ކުރިން
''ޔާމީނުގެ ބަސްމަގު ވެއްޓިފައިވާ ހާލަތުން ވެގެން އުޅޭގޮތް ރައްޔިތުންނަށް ސާފުވާނެ''
8 މަސް ކުރިން
މިސާލު ދައްކަންވީ މީހުން ދުރޫސުލްއަޚްލާޤުގައި ހިފެހެއްޓުން
8 މަސް ކުރިން