ނިއުއަށް މުބާރާތުގެ ފުރަތަމަ 3 ޕޮއިންޓް ހޯދުމަށް ސަޕޯޓަރުންގެ އެހީ ބޭނުންވޭ

ކޯޗު ސޮބާ ވަނީ ސަޕޯޓަރުންގެ އެހީތެރިކަމަށް ގޮވާލާފައި.

13 މޭ 2025 - 04:21
އެފް.އޭ.އެމް ލީގުކަޕްގައި މިއަދު ޓީސީ އާއި ދެކޮޅަށް ކުޅޭމެޗުގައި 12 ވަނަ ކުޅުންތެރިޔާގެ އެހީތެރިކަމަށް ކޯޗު ސޮބާ ގޮވާލައިފިއެވެ.
ކޯޗު ސޮބާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ނިއުރޭޑިއަންޓް މިހާތަނަށް ހޯދި ކާމިޔާބީ ތަކުގެ އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ސަޕޯޓަރުން ކަމަށާއި، ޓީމުގެ ހުރިހާވެސް ހިތްވަރަކީ 12 ވަނަ ކުޅުންތެރިޔާ ކަމަށެވެ. މީގެ އިތުރުން ސަޕޯޓަރުން ޓީމަށް އިތުބާރު ކުރެއްވުމަށް ސަޕޯޓަރުންގެ ފަރާތުން ކޯޗު އެދިފައިވެއެވެ. އެހެންކަމުން މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓް ހޯދަން މިއަދު ނިކުންނަ ޓީމަށް ސަޕޯޓަރުންނަށް ކިތަންމު ކުޑަ ވަގުތުކޮޅެއް ނަމަވެސް ޓީމަށް ދެއްވުމަށް ސޮބާ ވަނީ ސަޕޯޓަރުންގެ އަރިހުން އެދިފައެވެ.
ލީގުކަޕްގެ ފުރަތަމަ މެޗުގައި ނިއު ވަނީ މީގެކުރިން ވަރުގަދަ ސްކޮޑަކާއެކު އަދި ގިނަ ފަރިތަކުރުންތަކާއެކު ނިކުތް މާޒިޔާ އަތުން 5-0 އިން ބަލިވެފައެވެ. މުބާރާތާއް ހަފްތާއަކަށް ވެފައިވަނިކޮށް ޓީމުއެކުލަވާލައި، މެޗުގެ ކުރިން ދެތިން ޕްރެކްޓިސް އާއެކު މެޗަށް ނިކުތް ނިއުރޭޑިއަންޓްގެ ކުޅުންތެރިންގެ ފަރާތުން އެމެޗުގައި ދެއްކި ހިތްވަރަށް ސަޕޯޓަރުންނާއި މެނޭޖްމަންޓުން ވަނީ އެކަން ވަރަށް ބޮޑަށް ބަލައިގަނެފައެވެ. މީގެ އިތުރުން އެމެޗަށް ނިކުތްއިރު، ޓީމުގެ ފުރަތަމަ 11 ގެ 5 ވަރަކަށް ކުޅުންތެރިން އޭރުގައި އެމެޗަށް ރިލީސް ނުލިބިވާކަމަށް ޗެއާރމަން މީގެ ކުރިން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ނިއު އިން މިއަދު ނިކުންނާނީ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދަން ކަމަށާއި، ޓީމަށް އިތުބާރުކުރެއްވުމަށް ސަޕޯޓަރުންގެ ފަރާތުން ކޯޗު ސޮބާ އެދިފައިވެއެވެ.
ޓީސީ އާއެކު ނިއު ބައްދަލުކުރާ މެޗުފަށާނީ މިއަދުގެ 16:00 ގައެވެ.
އިތުރު ލިޔުންތައް

ފީފާއަށް އަދާކުރަންޖެހޭ ނިއުރޭޑިއެންޓުގެ ހުރިހާ ދަރަނިތަކެއް ޚަލާސްކޮށްފައިވާކަން ހާމަކޮށްފި
7 މަސް ކުރިން
އެފްއޭއެމްގައި ކުރިން ތިބި ބޭފުޅުން ނިއުރޭޑިއެންޓާއި ދޭތެރޭ އަމަލުކޮށްފައި ވަނީ ވަރަށް ބޭއިންސާފުން- މުބީން
7 މަސް ކުރިން
ނިއުރޭޑިއަންޓުގެ ސްކޮޑް އިއުލާން ކުރަނީ
2 މަސް ކުރިން