logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރުން ދޫކުރި ސްޓޫޑެންޓް ލޯން އަނބުރާ ދައްކަނީ 40 އިންސައްތަ ދަރިވަރުން: ވަޒީރު

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު  މިއަދުގެ މަޖިލީހުގެ ޖަލްސާގައި -- ފޮޓޯ: މަޖިލިސް
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު މިއަދުގެ މަޖިލީހުގެ ޖަލްސާގައި -- ފޮޓޯ: މަޖިލިސް

މަތީ ތަޢުލީމު ޙާސިލްކުރުމަށް ސަރުކާރުގެ ފަރާތުން ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނު، އަނބުރާ ދައްކަނީ 40 އިންސައްތަ ދަރިވަރުން ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އެފަދައިން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 30 ވަނަ ޖަލްސާގައި، ސަރުކާރުން ދޫކުރި ސްޓޫޑެންޓް ލޯނުގެ މަޢުލޫމާތު ސާފުކުރައްވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާޙިމް ޙުސައިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުން މިހާތަނަށް ދޫކުރި ސްޓޫޑެންޓް ލޯނުގެ އަދަދާއި، ދަރިވަރުން އެ ލޯނުތައް އަނބުރާ ދެއްކުމާ ގުޅޭ ގޮތުން މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވި ގޮތުގައި، މި އަހަރުގެ ޖަނަވަރީން ހުސްވި އޭޕްރީލްގެ ނިޔަލަށް، ލޯނުގެ ގޮތުގައި 157 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އެއާއެކު ވަޒީރު ވަނީ އެ ލޯނުތައް އަނބުރާ ދެއްކުމުގައި ދަރިވަރުންގެ ފަރާތުން މައްސަލަތައް ފާހަގަވާކަމުގައި ފާހަގަކުރައްވާފައެވެ.

[ލޯނު] އަނބުރާ ދެއްކުމުގައި އެބަހުރޭ ވަރަށް ބޮޑެތި މައްސަލަތައް. ހަމައަށް ބަރާބަރަކަށް ނުދައްކާ. އަޅުގަނޑު، 40 ޕަސެންޓް ވަރު އަނބުރާ ދައްކަނީ އިނގޭތޯ. އެހެންވީމާ އަޅުގަނޑުމެންނަށް އެކަމާ ބެހޭ ގޮތުން ވެސް ދައުލަތަށް ލިބެންވާ ފައިސާ އެއީ. ފައިސާ ހޯދުމަށް އަޅުގަނޑުމެންނަށް ކުރަންޖެހޭ ކަންތައްތަކަށް މަޝްވަރާކޮށް އެއަށް ގޮތެއް ނިންމާނަން. ވަރަށް އަވަހަށް އަޅުގަނޑުމެން ވާނީ އެކަމަށް މަސައްކަތްކުރަން ފަށާފައި އިނގޭތޯ، - މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު

މީގެ އިތުރުން ވެސް މިއަދުގެ ޖަލްސާގައި، ލޯނުތަކާ ގުޅޭ އިތުރު މަޢުލޫމާތު ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން މިދިޔަ މާރިޗު މަހު ސަރުކާރުން ހުޅުވާލި 500 ދަރިވަރުންގެ ލޯން ސްކީމުގެ މައުލޫމާތު ދެއްވަމުން ވަޒީރު ވަނީ، އެ ލޯން ސްކީމަށް 1،351 ދަރިވަރަކު ކުރިމަތިލިކަން ފާހަގަކުރައްވާފައެވެ.

އަދި އެ ސްކީމަށް ދަރިވަރުން ހޮވާނީ މެރިޓަށް ބަލާފައިކަމަށާއި މިދިޔަ އަހަރު ހުޅުވާލި ލޯން ސްކީމްގައި ވެސް ޝަރުތުހަމަވި އެންމެންނަށް އެ ލޯނު ދިންކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިފުޅަށް ދެ އަހަރު ވަންދެން ހުސްވަގުތު ދެވޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިޚަބަރު | 2 ދުވަސް ކުރިންހަތަރު ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | 2 ދުވަސް ކުރިންތިން އަހަރުވަންދެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ޓިއުޝަން ސެންޓަރެއްގެ ވެރިޔަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސްޚަބަރު | 21 ދުވަސް ކުރިންކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހްޚަބަރު | މަހެއް ކުރިން