އާނޯލްޑް ގެ ފަހަތުން ޑީން ހައުސެން ރެއާލް މެޑްރިޑްއަށް

ރެއާލް މެޑްރިޑްގެ ޑިފެންސް ލައިން ވަރުގަދަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން.

15 މޭ 2025 - 05:15
ޕްރިމިއަރ ލީގުގެ ކްލަބް ބޯންމަތުގެ ސްޕެއިންގެ ޑިފެންޑަރު ޑީން ހައުސެން ރެއާލް މެޑްރިޑް އަށް ބަދަލުވުމަށް އެއްބަސްވެފައިވާކަމަށް ރިޕޯޓްތައް ބުނަންފަށައިފިއެވެ. އެގޮތުން އިއްޔެ ރެއާލް މެޑްރިޑުން ރަސްމީކޮށް ބޯން މައުތް އަށް ބިޑު ހުށަހަޅާފައިވާކަމަށާއި، އަދި މިއަދުގެ ވަގުތެއްގައި ހައުސެން ގެ ފަރާތުން ވަފްދެއް މެޑްރިޑްއަށް ގޮސްފައިވާކަމަސް ފަބްރީޒިއޯ ރޮމާނޯ ވަނީ ރިޕޯރޓްކޮށްފައެވެ.
20 އަހަރުގެ މިކުޅުންތެރިޔާގެ ސޮއި ހޯދުމަށް ބޯންމައުތް އަށް 50 މިލިއަން ޕައުންޑުގެ ފީއެއް ދައްކަންޖެހޭނެއެވެ. އަދި މިފީ ދައްކަން މެޑްރިޑުން އެއްބަސްވެފައިވަނީ ތިން ފަހަރަކަށް ބަހާލައިގެން 2027 އާއި ހަމަޔަށް ދައްކައި ޚަލާސް ކުރާ ގޮތަށެވެ.
20 އަހަރުގެ އުއްމީދީ ޑިފެންޑަރުގެ ސޮއި ހޯދުމަށް ޗެލްސީ، އާސެނަލް، ބަޔަން މިއުނިކް އަދި ލިވަޕޫލް ފަދަ ބޮޑެތި ކްލަބްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.
މިދިޔަ އަހަރު ޔުވެންޓަސް 12 މިލިއަން ޕައުންޑަށް ބޯންމަތަށް ބަދަލުވި ހައުސެން ވަނީ މިސީޒަނުގައި ޕްރިމިއަރ ލީގުގައި ފާހަގަކޮށްލެވޭ ޕަފޯމަންސްތަކެއް ދައްކާފައެވެ.
މީގެއިތުރުން ރެއާލް ޑީން ހައުސެން އަބަދުވެސް ކުޅެން ބޭނުންވަނީ ރެއާލް މެޑްރިޑްއަށް ކަމަށާއި، ރެއާލް އިން އެހޭ ފަސޭހަ ކަމާއެކު ހައުސެންގެ ސޮއި ހޯދީ މިސަބަބާހުރެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ރެއާލް މެޑްރިޑް އިން އަންނަނީ އަންނަ މަހުގެ 14ގައި އެމެރިކާގައި ފަށާ ކުލަބު ވޯލްޑްކަޕަށް ޑިފެންސް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލިވަރޕޫލްގެ އާނޯލްޑް ކުލަބާއި ގުޅުމުގެ މިހާރު އޮތީ އެންމެ ފަހުމަރުޙަލާކަމަށް ބުނެވެއެވެ.
ޑީން ހައުސެންގެ އިތުރުން ރެއާލް އިން ވަނީ އާރސެނަލްގެ ސަލީބާ އާއި ލިވަރޕޫލްގެ ކޮނާޓޭއަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
އިތުރު ލިޔުންތައް

ދުނިޔޭގެ ތާރީޚުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް.
7 މަސް ކުރިން
ވިނީޝިއަސްގެ ހެޓްރިކަކާއެކު ރެއާލް އިން އެޓީމަކީ ޗެންޕިއަންސް ލީގު ގެ ރަސްގެފާނު ކަމުގައި ސާބިތުކޮށްދީފި
7 މަސް ކުރިން
ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެލް ކްލެސިކޯ މިރޭ: ފަހުގެ ތާރީޚެއްގައި މި ދެޓީމުކުޅޭ އެންމެ ވާދަވެރި މެޗު.
7 މަސް ކުރިން