ޓޮޓްނަމް ބަލިކޮށް އެސްޓަންވިލާ ޗެންޕިއަންސް ލީގަށް ކޮލިފައިވުމާއި ގާތަށް

އެސްޓަން ވިލާ އާއި ޓޮޓްނަމް ވާދަކުރި މެޗުގެތެރެއިން. ފޮޓޯ: އެސްޓަންވިލާ

17 މޭ 2025 - 05:52
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން މޮޅުވެ، ތާވަލުގެ ފަސްވަނަ މަގާމަށް އެސްޓަން ވިލާ ވަނީ އަރާފައެވެ.
މި މޮޅުވުމާއެކު އެސްޓަން ވިލާ އަށް 37 މެޗުން 66 ޕޮއިންޓް ލިބި، ހަތަރުވަނައިގައި އޮތް ޗެލްސީއާ އެއް ހަމައަކަށް އަރާފައިވެއެވެ. mi މި ނަތީޖާއާއެކު ޗެންޕިއަންސް ލީގަށް ކޮލިފައިވުމަށް ކުރެވޭ ވާދަ އިތުރަށް ހޫނުވެފައިވާއިރު، މެންޗެސްޓަރ ސިޓީ، ނޮޓިންހަމް ފޮރެސްޓް އަދި ނިއުކާސަލް ޔުނައިޓެޑް އަށްވެސް އަދިވެސް ގަދަ ފަހެއްގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.
އުނެއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އެސްޓަން ވިލާ އިން ވަނީ އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެ، ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައެވެ. މި މެޗުގައި އެސްޓަން ވިލާގެ ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި އެޒްރީ ކޮންސާ އެވެ. އަދި 73 ވަނަ މިނެޓުގައި ބޯބަކަރ ކަމާރާ ޕްރިމިއާ ލީގުގައި އޭނާގެ ފުރަތަމަ ލަނޑު ޖަހައި، މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކުރިއެވެ.
އެސްޓަން ވިލާ އިން މި ސީޒަނުގައި ކުޅޭ އެންމެ ފަހު މެޗުގައި ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑާ އެވެ. އެ މެޗުން މޮޅުވެއްޖެނަމަ 69 ޕޮއިންޓާއެކު ގަދަ ފަހެއްގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮތްއިރު، މިއީ އެ ޓީމަށް ވަރަށް މުހިންމު މެޗެކެވެ.
އަނެއްކޮޅުން ޓޮޓްނަމް ހޮޓްސްޕަރގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށަށެވެ. އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅުނުވެ، މި ސީޒަނުގައި 21 މެޗުން ބަލިވެފައިވާއިރު، އެ ޓީމުގެ އަމާޒަކަށް މިހާރު ވެފައިވަނީ މި މަހުގެ 21 ގައި ޔޫރޮޕާ ލީގުގެ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މޮޅުވެގެން އަންނަ ސީޒަނުގައި ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމެވެ.
އިތުރު ލިޔުންތައް

55 އަހަރު ފަހުން ފޮރެސްޓަށް، އެންފީލްޑްގައި ލިވަޕޫލް ބަލިކުރެވިއްޖެ
8 މަސް ކުރިން
އިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ގުއާޑިއޯލާ އައުން ގާތް
7 މަސް ކުރިން
އިންގްލިޝް ޕްރީމިއަރ ލީގުގެ މެޗްޑޭ 08 އަށް އަވަސް ނަޒަރެއް.
7 މަސް ކުރިން