logoEN
ޚަބަރު

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

17 މޭ 2025 - 09:48

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، އިން މިއަދު ލަފާކޮށްފިއެވެ.

މެޓް އޮފީހުން މިއަދު އާންމުކުރި ސަމާލުގެ މެސެޖެއްގައި ބުނެފައިވަނީ، މެއި 18 އިން 20 އަށް ރާއްޖޭގެ ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި މުއްދަތުގައި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

"ޚާއްޞަކޮށް އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ" ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

މިކަމަށް ސަމާލުވުމަށާއި، މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު އަދާހަމަކުރަމުން ދިޔުމަށް ރައްޔިތުންގެ ކިބައިން އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

871x217_placeholder