logo
E-Platinum
ކުޅިވަރު

ޕީއެސްޖީއިން 14 ވަނަ ފަހަރަށް ފްރެންޗް ލީގުގެ ތަށި އުފުލާލައިފި

އަބްދުﷲ ޣާނިމް
18 މޭ 2025 - 07:57
ޕީއެސްޖީ އިން ވަނީ 14 ވަނަ ފަހަރަށް ލީގުވަން ގެ ތިށި އުފުލާލަފައި
ޕީއެސްޖީ އިން ވަނީ 14 ވަނަ ފަހަރަށް ލީގުވަން ގެ ތިށި އުފުލާލަފައި

ޕެރިސް ސަންޖަރމޭން (ޕީއެސްޖީ) އިން ވަނީ 14 ވަނަ ފަހަރަށް ފްރެންޗް ލީގު ވަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ. އެ ޓީމުން މި ކާމިޔާބީ ހޯދީ ރޭ އަމިއްލަ ދަނޑު ޕާކް ޑެ ޕްރިންސަސްގައި އޮކްސެއާ އާއި ދެކޮޅަށް ކުޅުނު މެޗުން 3-1 އިން މޮޅުވެގެންނެވެ.

ލީގުގައި ބާކީ ހަ މެޗު އޮއްވާ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ޕީއެސްޖީ އިން މިއީ ޖެހިޖެހިގެން ހަތަރު ވަނަ ސީޒަނުގައި ލީގުގެ ތަށި އުފުލާލި ފަހަރެވެ. މި މެޗުގައި އޮކްސެއާ އިން ކުރިއަށް ދިޔަ ނަމަވެސް، ދެވަނަ ހާފުގައި ކްވިޗާ ކްވަރަޓްސްކޭލިއާ އާއި ކެޕްޓަން މާކީނިއޯސްގެ ލަނޑުތަކާ އެކު ޕީއެސްޖީ އިން މެޗު އަތުލައިގަތެވެ.

ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޕީއެސްޖީ އަށް މި ސީޒަނުގައި އިތުރު ތިން މުހިންމު މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން މި މަހުގެ 24 ވަނަ ދުވަހު ފްރެންޗް ކަޕްގެ ފައިނަލުގައި ރެއިމްސް އާއި ދެކޮޅަށް ކުޅޭއިރު، 31 ވަނަ ދުވަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަރ މިލާނާއި ދެކޮޅަށް ކުޅޭނެ އެވެ.

މީގެ އިތުރުން އަންނަ މަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑް ކަޕްގައިވެސް ޕީއެސްޖީ އިން ވާދަކުރާނެ އެވެ. އެހެންކަމުން މި ސީޒަނުގައި އިތުރު ތިން ތަށި ހޯދުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

ޕީއެސްޖީ އިން އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމަށެވެ. އެއީ އެ ޓީމަށް މިހާތަނަށް އެ މުބާރާތް ކާމިޔާބު ކުރެވިފައި ނުވާތީ އެވެ. އެހެންކަމުން މި ފަހަރު އެ ތަށި ހޯދުމަށް ޕީއެސްޖީ އިން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުންދެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭވަރިޓް ޕީއެސްޖީ ކޯލްޑް ޕާމާއާއި ޖެހި ގަނޑުވެ، ޗެލްސީ ފުޓްބޯޅައިގެ ރަސްކަމަށްކުޅިވަރު | 13 ދުވަސް ކުރިންޒަބީބޯލް ފޫގޮސް ހުސްއަތާ މެޑްރިޑް ސީޒަން ނިންމާލިއިރު، ޕީއެސްޖީ ވޯލްޑްކަޕްގެ ފައިނަލަށްކުޅިވަރު | 17 ދުވަސް ކުރިންނުވަ ކުޅުންތެރިންނާއެކުވެސް ބަޔާން ބަލިކޮށް ޕީއެސްޖީ ސެމީއަށްކުޅިވަރު | 21 ދުވަސް ކުރިންވަލުދޮރޯށިން ވޯލްޑްކަޕަށްގެނައި މެސީއާއި މަޔާމީ އިންފަޏްޓީނޯއަށް ސަލާމަތްކޮށްނުދެވުނުކުޅިވަރު | މަހެއް ކުރިން