logoEN
ކުޅިވަރު

އާދަކާދައިގެ މަތީން އާރސެނަލް ދެވަނަ ހޯދައި, ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފި

އާރސެނަލްގެ ހަމައެކަނި ގޯލު ރައިސް ޖަހައިދެނީ. ފޮޓޯ: އާރސެނަލް

އާރސެނަލްގެ ހަމައެކަނި ގޯލު ރައިސް ޖަހައިދެނީ. ފޮޓޯ: އާރސެނަލް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

19 މޭ 2025 - 03:17

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ކުރިއަށް އޮތް ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް އާސެނަލްއިން ކަށަވަރުކޮށްފިއެވެ. މި މެޗުގައި އާސެނަލްގެ ހަމައެކަނި ލަނޑު ޖެހީ ޑެކްލަން ރައިސް އެވެ. ރޭގެ މޮޅާއެކު އާރސެނަލް އަށް ވަނީ ލީގުގެ ދެވަނަ މަޤާމް ކަށަވަރުވެފައެވެ. މިއީ ޖެހިޖެހިގެން ލީގުގެ 2 ވަނަ މަޤާމް އާރސެނަލް ހޯދި ތިންވަނަ ފަހަރެވެ.

މި މެޗުން އާސެނަލް މޮޅުވުމާއެކު، އާރސެނަލް އަަށް 37 މެޗުން 71 ޕޮއިންޓު ވަނީ ލިބިފައެވެ. ތިންވަނައިގައި މިވަގުތު އޮތް ނިއުކާސަލް ޔުނައިޓެޑަށް ލިބިފައިވަނީ 66 ޕޮއިންޓެވެ. ޗެލްސީ އާއި އެސްޓަން ވިލާއަށްވެސް 66 ޕޮއިންޓް ލިބިފައިވާއިރު، ނިއުކާސަލްއަށް ކުރިލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މެޗުގެ ހަމައެކަނި ގޯލުޖެހީ ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ޑެކްލަން ރައިސް އެވެ. ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލްއިން ވަނީ ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. ބްރޫނޯ ގިމިރާއީސް، ހާވޭ ބާރންސް، ޑޭން ބަރން އަދި ސްވެން ބޮޓްމަން ފޮނުވާލި ނުރައްކާތެރި ހަމަލަތައް އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ ވަނީ ހުށިޔާރުކަމާއެކު ހުއްޓުވާފައެވެ.

ކޮމެންޓް

871x217_placeholder