logoEN
ޚަބަރު

މުޅި ރާއްޖެއަށް މޫސުން ގޯސް: ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދީ!

އާމިނަތު ސަފާއާމިނަތު ސަފާ

19 މޭ 2025 - 04:22

މިއަދުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި އަދި އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

ވައިޖެހޭނެކަމަށް ލަފާކުރަނީ ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

ރާއްޖޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާއި ދެމެދުގައި ހުންނާނެކަމަށް ލަފާކޮށްފައިވާއިރު ދެކުނުގެ ކަނޑުތައް އާދައިގެވަރަށް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެދޮރުގެ ސަލާމަތަށްޓަކައި ފެން ނުވަންނާނެހެން ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދުދެއްވަމުންނެވެ.

މިހާރު މުޅި ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ވ. ރަކީދޫއަށާއި އދ. މާމިގިއްޔަށެވެ. އެގޮތުން ރަކީދޫއަށް 57.2 މިލިމީޓަރުގެ ވާރޭ އަދި މާމިގިއްޔަށް 52 މިލިމީޓަރުގެ ވާރޭވަނީ ވެހިފައެވެ.

ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. ހުޅުލެއަށް 43.1 މިލިމީޓަރުގެ ވޭރޭ ވެހިފައިވާކަމަށް ރެކޯޑުކުރެވިފައިވެއެވެ.

ކޮމެންޓް

871x217_placeholder