ދިވެހި ތަރިކައިގެ ތެރެއިން ކަސަބު ލިބާހާއި ގުޅޭ މިވާހަކަތައް އަޑުއެހިންތަ؟

19 މޭ 2025 - 17:24
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "ކަޅުއޮށްފުންމި ކެތި ނަކަތުގެ ސިންތާ" ގައި ދިވެހި ތަރިކައިގެ ތެރެއިން ކަސަބު ލިބާހާ ބެހޭ މުހިންމު ގިނަ މަޢުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ.
މިއަދު ހަވީރު އިސްވަރު އޮފީހުގައި ބޭއްވުނު މި ސިންތާގެ މައުޟޫޢަކީ "ދިވެހި ތަރިކައިގެ ތެރެއިން ކަސަބު ލިބާސް" އެވެ.
މި ސިންތާގައި ކަސަބު ލިބާހާ ބެހޭ ގޮތުން ގެތުމާއި ދިވެހި ލިބާސް ދިރާސާ ކުރައްވާ ފާޠިމަތު ނަދުޙާ ޢަބްދުލްމުޙްސިން ވަނީ ގިނަ މަޢުލޫމާތުތަކެއް ހިއްސާކޮށްދެއްވާފައެވެ. ނަދުހާ އޭނާގެ ހުށަހެޅުއްވުމުގައި ދިވެހި ލިބާހުގެ ކަސަބު ބޯވަޅުގައި ހަމައެއް އޮންނަ ކަން ބަޔާންކޮށްދެއްވިއެވެ. އަދި ކަސަބު ބޯވަޅުގެ އެކި ފަރުމާތަކަށް ބައްލަވައި، ޒަމާނާ އެއްގޮތަށް ލިބާހަށް ގެންނަ ބަދަލުތަކަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ލިބާހުގެ ތާރީޚާއި ޚާއްސަ ކަންތައްތަކަށް ވެސް ތަފްޞީލްކޮށް ބައްލަވާލެއްވިއެވެ.
ނަދުހާ ހިއްސާކުރެއްވި މަޢުލޫމާތުތަކުގައި، ލިބާހަކީ އެއްތައްގަނޑަކަށް ލާ ޔުނިފޯމެއް ނޫން ކަމަށް ފާހަގަކުރެއްވިއެވެ. އަދި ބަދަލަކީ ޒަމާނާ އެއްގޮތަށް އަންނާނެ އެއްޗެއް ކަމަށާއި، ނަމަވެސް ދިވެހިންގެ ސަގާފަތާއި ތަރިކައާ ގުޅިފައިވާ މިފަދަ ޚާއްސަ ފޭރާމަކަށް ބަދަލު ގެންނަ އިރު، އޭގެ އަސްލު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވެސް ނަދުހާ ފާހަގަކުރެއްވިއެވެ.
"ހަމައެކަނި ދިވެހީންނަށް ޚާއްސަ ސިފަތަކެއް މި ފޭރާމުގައި ހުންނަކަން، އަދި އެ ސިފަތަކަކީ ކޮބައިކަން އެނގޭނަމަ، ދިވެހިލިބާސް ފަޚުރުވެރިކަމާ އެކު ލާނެ ދިވެހީން ގިނަ ވާނެ. ނޭޝަނަލް އައިޑެންޓިޓީގެ މަޢުލޫމާތުތައް އެނގުން މުހިންމު ވަނީ މިހެންވެ،" ސިންތާގެ ބައިވެރިއެއް ފާހަގަކުރެއްވިއެވެ.
ނަދުހާ ޙިއްސާކުރެއްވި މަޢުލޫމާތުތަކުގައި ލިބާހަކީ އެއްތައްގަނޑަކަށް ލާ ޔުނިފޯމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ބަދަލަކީ ޒަމާނާ އެއްގޮތަށް އަންނާނެ އެއްޗެއް ކަމަށާއި ނަމަވެސް ދިވެހިންގެ ސަގާފަތާއި ތަރިކައާ ގުޅިފައިވާ މިފަދަ ޚާއްސަ ފޭރާމަކަށް ބަދަލު ގެންނަ އިރު, އޭގެ އަސްލު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ނަދުހާ ފާހަގަކުރެއްވިއެވެ.
ދާއިރާގެ މިފަދަ ދިރާސާތަކަށް ޝައުޤު އުފެދި މި ދިރާސާތަކައިގެން ކުރިއަށް ވަޑައިގަންނަވާ ސަބަބަކީ މިއީ ކަމުގައި ވެސް ނަދުހާ ވަނީ ފާހަގަކުރައްވާފައެވެ.