logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލިވަރޕޫލް ބަލިވިއިރު، ސަލާޙުއަށް ރެކޯޑް އަތުވާވަރެއް ނުވި

އަބްދުﷲ ޣާނިމް
20 މޭ 2025 - 04:28
ސަލާޙު އަށް ހުސްކޮށް ލިބުނު ބޯޅަ ބޭރަށް ޖަހަނީ. ފޮޓޯ: ދަ އިންޑިޕެންޑެންޓް
ސަލާޙު އަށް ހުސްކޮށް ލިބުނު ބޯޅަ ބޭރަށް ޖަހަނީ. ފޮޓޯ: ދަ އިންޑިޕެންޑެންޓް

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް އާއި ދެކޮޅަށް ބްރައިޓަން ރޭ ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ބްރައިޓަން މޮޅުވެއްޖެ އެވެ. މި މޮޅާއެކު ބްރައިޓަން ވަނީ 58 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނަ މަގާމަށް އަރާފައެވެ.

ބްރައިޓަންގެ އެމެރިކަން އެކްސްޕްރެސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ލިވަޕޫލްގެ ފަރާތުން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 9 ވަނަ މިނިޓުގައި ހާވޭ އެލިއޮޓެވެ. ނަމަވެސް 32 ވަނަ މިނިޓުގައި ބްރައިޓަންގެ ޔަސީން އަޔާރީ ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑޮމިނިކް ސޮބޮޒްލާއީ ވަނީ އެލިއޮޓްގެ އެސިސްޓަކުން ލިވަޕޫލްއަށް ދެވަނަ ލަނޑު ޖަހާފައެވެ. އެހެންނަމަވެސް ދެވަނަ ހާފުގެ 69 ވަނަ މިނިޓުގައި ބްރައިޓަންގެ ކައޮރޫ މިޓޯމާ ވަނީ މެޗުގެ ނަތީޖާ އަނެއްކާވެސް އެއްވަރުކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ބްރައިޓަންގެ ބަދަލު ކުޅުންތެރި ޖެކް ހިންޝެލްވުޑް ވަނީ އެ ޓީމަށް މޮޅުވުމުގެ ލަނޑު ޖަހާފައެވެ.

މި މެޗުން ބަލިވުމާއެކު ލީގުގެ ޗެމްޕިއަންކަން ކަށަވަރުވުމަށްފަހު ލިވަޕޫލްއަށް އަދިވެސް މެޗަކުން މޮޅެއް ނުވެއެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައިވެސް ޗެމްޕިއަންކަން ލިބުނު ފަހުން އެ ޓީމެއް ކުޅުނު ތިން މެޗުން މޮޅުނުވެ ދިޔަ ފުރަތަމަ ފަހަރެވެ.

ރޭގެ މެޗަށް ނިކުތްއިރު ސަޅާހުއަށް ޕްރިމިއަރ ލީގުގެ ގޯލް އިންވޯލްވްމަންޓް ރެކޯޑު ބިންދާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެލަން ޝިއަރަރ އަދި އެންޑްރޫ ކޯލް ޕްރީމިއަރ ލީގު ސީޒަނެއްގައި 47 ގޯލް އިންވޯލްވްމަންޓްގެ ރެކޯޑް ހަދާފައިވާއިރު، ސަލާޙުގެ ގޯލް އިންވޯލްމަންޓް އުޅެނީ 46 ގައެވެ. މީގެ އިތުރުން، އާސެނަލްގެ ތިއެރީ ހެންރީ އަދި މެންޗެސްޓަރ ސިޓީގެ ކެވިން ޑި ބްރޫއިން ހިއްސާކުރާ ސީޒަނެއްގައި 20 އެސިސްޓްގެ ރެކޯޑު ވެސް ބިންދާލުމުގެ ފުރުސަތު އޮތެވެ. ސަލާޙުގެ އެސިސްޓް އުޅެނީ 19 ގައެވެ. ޔޫރަޕިއަން ގޯލްޑަން ބޫޓު ރޭހުގައި އެމްބާއްޕޭ (29 ގޯލު) ޖެހިގެން ތިންވަނައިގައި ސަލާޙު (28 ގޯލު) އޮތްއިރު، ދެކުޅުންތެރިންނަށްވެސް ބާކީ އޮތީ އެންމެ މެޗެކެވެ. ސަލާޙު އެންމެ ފަހުން ކުޅުނު 8 މެޗުން ހެދިފައިވަނީ އެންމެ ގޯލަކާއި އެސިސްޓެކެވެ.

ބްރައިޓަންއަށް އަންނަ އާދީއްތަ ދުވަހު ޓޮޓްނަމް ހޮޓްސްޕަރއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ތާވަލުގެ އަށްވަނަ މަގާމު ކަށަވަރުކޮށްފިނަމަ އަންނަ ސީޒަނުގައި ޔޫއެފާ ކޮންފަރެންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތުގެ ގޯލާއެކު ޗެލްސީ ހިފަހަށްޓައިފިކުޅިވަރު | މަހެއް ކުރިންއާސެނަލް އަދި ޓޮޓްނަމް ޕްރީމިއަރ ލީގުގެ ތާވަލުގެ އެންމެ ކުރިޔަށްކުޅިވަރު | މަހެއް ކުރިންސެޓްޕީސް އެފްސީ ހިލޭޖެހުމެއްގެ ދަށުވެ ސައިޒަށްކުޅިވަރު | 2 މަސް ކުރިންކިތަންމެ ވަރަކަށް ލާރިއެޅިޔަސް ގާޑިއޯލާ ފުލުފުލުގައި ބަލިކުޅިވަރު | 2 މަސް ކުރިން