އިލްތިމާސްއަކީ އާބާދީ އަދި ތަރައްގީ އެއްފަސްކުރުމުގެ ނަމުގައި މި އަތޮޅު ދޫކޮށް ނުދިޔުން: ވަޒީރު

ގެދޮރުވެރިކަމާއި އިމާރަތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
.jpg&w=3840&q=75)
20 މޭ 2025 - 06:27
އާބަދީ އަދި ތަރައްގީ އެއްފަސްކުރުމުގެ ނަމުގައި، މ. އަތޮޅު ދޫކޮށް އެހެން އަތޮޅުތަކަށް ހިޖުރަ ނުކުރުމަށް އެ އަތޮޅުގެ ރައްޔިތުންގެ އަރިހުން ގެދޮރުވެރިކަމާއި އިމާރަތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު އެދިވަޑައިގަންނަވައިފިއެވެ.
ވަޒީރު އެފަދައިން އެދިވަޑައިގެންނެވީ، މ. މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް މިއަދު އެ އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ވަޒީރު ވިދާޅުވީ، 2014 ވަނަ އަހަރު ފެށި މ. މުލީގެ ބިން ހިއްކުމުގެ މަޝްރޫއާއި މިއަދު ރަސްމީކޮށް ހުޅުވި މ. މުލީ އެއާޕޯޓުގެ މަޝްރޫގެ ހުޅުވުމާ ހަމައަށް، އެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 540 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި އަތޮޅުގެ އާބާދީގެ ނިސްބަތުން ބަލާއިރު، ކޮންމެ މީހެއްގެ ބޮލަކަށް އެއީ 100،000 އަށް ވުރެ ގިނަ ރުފިޔާކަމުގައި ފާހަގަކުރައްވަމުން ވަޒީރު ވަނީ، ސަރުކާރުތަކުން އެ ރަށަށް ކުރި އިންވެސްޓްމެންޓް ބަލައިގަނެ، އެ އަތޮޅަށް އިތުރު ތަރައްގީ ގެނައުމަށްޓަކައި މަސައްކަތްކުރުމަށް އެދިވަޑައިގެންނަވައިފައެވެ.
އާދެ، މިއަދު ހުޅުވިގެންދާ މަޝްރޫއަށް ޖުމްލަ 2014 ވަނަ އަހަރު ފެށުނު ބިން ހިއްކުން މަޝްރޫއުން ފެށިގެން މިއަދު ހުޅުވުމާ ހަމައަށް 540 މިލިއަން ރުފިޔާ ދައުލަތުން ވަނީ ޚަރަދުކޮށްފައި. އާދެ މިއީ މި އަތޮޅުގެ އާބާދީގެ ނިސްބަތުން ބަލާކަމަށް ވާނަމަ، ކޮންމެ ބޮލަކަށް އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު ނިސްބަތެއް. އެހެންކަމުން އަޅުގަނޑުގެ އެދުމަކީ މުލީގެ ރައްޔިތުން އަދި މ. އަތޮޅުގެ ރައްޔިތުން ސަރުކާރުން މިކުރި ބޮޑު އިންވެސްޓްމެންޓް ބަލައިގަނެ، މި އަތޮޅަށް ތަރައްގީ ގެނައުމަށްޓަކައި މަސައްކަތްކުރުން. ޓޫރިޒަމްގެ އިންވެސްޓްމެންޓްތައް ގެނައުމަށްޓަކައި މަސައްކަތްކުރުން. ފަތުރުވެރިކަމުގެ ގޮތުން ގެސްޓް ހައުސް ޓޫރިޒަމް ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރުން، - ގެދޮރުވެރިކަމާއި އިމާރަތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު
އެއާއެކު ވަޒީރު ވަނީ، އާބާދީ އެއްފަސްކުރުމަށް އެ އަތޮޅުގެ ކުދި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އެ އަތޮޅު ދޫކޮށް ނުގޮސް، އަތޮޅުގެ ބޮޑެތި ރަށްތަކަށް ބަދަލުވެ، އެ ސަރަހައްދުތަކުގެ އާބާދީއާއި ތަރައްގީ އެއްފަސްކުރުމަށްޓަކައި މަސައްކަތްކުރެއްވުމަށް ވެސް އެދިވަޑައިގަންނަވައިފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން އެ ރަށަކީ ތަރައްގީ ހޯދޭނެ އަތޮޅެއް ކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު، އަޅުގަނޑުގެ އިލްތިމާސްއަކީ އާބާދީ ތަރައްގީ އެއްފަސްކުރުމުގެ ނަމުގައި، މި އަތޮޅު ދޫކޮށް ނުދިޔުން. މި އަތޮޅުގެ ކުދި ރަށްތަކުގައި ތިބި ފަރާތްތަކުން މި އަތޮޅުގެ ބޮޑެތި ރަށްތަކަށް އެއްވެ، އާބާދީ ތަރައްގީ އެއްފަސްކުރުމަށްޓަކައި މަސައްކަތްކުރުން. މި އަތޮޅަކީ ތަރައްގީ ހާސިލްކުރެވެން އޮތް އަތޮޅެއް. މި އަތޮޅަކީ ތަރައްގީ ގެނެވޭފަދަ ގުދުރަތީ ރީތިކަމާއި ވަސީލަތްތައް ހުރި އަތޮޅެއް. އެހެންކަމުން އަޅުގަނޑު ދެކޭ ގޮތުގައި މި އަތޮޅު ތަރައްގީވެގެންދާއިރުގައި އަދި މާލެއާ އެހާ ދުރުނޫން އަތޮޅަކަަށް ވާތީ، މި އަތޮޅަށް ތަރައްގީ ގެނައުމުގައި މި އަތޮޅުގެ ރައްޔިތުން މި އަތޮޅުގައި އާބާދީ ތަރައްގީ އެއްފަސްކޮށްގެން، ތަރައްގީ ގެނައުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް، - ގެދޮރުވެރިކަމާއި އިމާރަތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު
ވަޒީރު އެފަދައިން ވިދާޅުވިއިރު، އެ އަތޮޅު ރަތްމަންދޫގެ ރައްޔިތުން އެ ރަށުން އެހެން ރަށަކަށް ބަދަލުވުމަށް، އެރަށުގެ ރައްޔިތުން ވަނީ ދިވެހި ސަރުކާރުގައި އެދިފައެވެ. އެގޮތުން މުޅި ޖުމްލަ 239 މީހުންގެ އާބަދީ އެއް އޮންނަ، އެހެން ނަމަވެސް ގާތްގަޑަކަށް 100 އަށް ވަރު މީހުން ދިރިއުޅޭ އެ ރަށުގެ މެޖޯރިޓީ ރައްޔިތުންގެ ފަރާތުން ރައީސް އޮފީހަށް، އެކަމާ ގުޅޭ ޕެޓިޝަނެއް ވެސް ހުށަހަޅާފައިވާއިރު، މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ރަށުގެ ހުރިހާ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ނިންމަވާފައިވާކަން ވެސް އިއުލާނު ކުރައްވާފައެވެ.
އިތުރު ލިޔުންތައް

ގަން އެއާޕޯޓުގެ މަގުހެދުމުގެ މައްސަލަ ހައްލުކޮށް މަޝްރޫއު ކުރިއަށް
2 މަސް ކުރިން
މަގޫދޫ އެއަރޕޯޓްގެ މަސައްކަތް މި ދައުރުގައި ނިންމާނަން: މުއްޠަލިބް
މަހެއް ކުރިން.jpg&w=3840&q=75)
ގުޅިފަޅުގެ ހުރިހާ ގޯއްޗެއް ހިއްކާފައިވާ ސަރަހައްދުން ދޭގޮތަށް ބަދަލުކޮށްފި
މަހެއް ކުރިން