logo
ޚަބަރު

ގުޅިފަޅުގެ ހުރިހާ ގޯއްޗެއް ހިއްކާފައިވާ ސަރަހައްދުން ދޭގޮތަށް ބަދަލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 މޭ 2025 - 19:10
ގުޅިފަޅުގެ ހުރިހާ ގޯއްޗެއް ހިއްކާފައިވާ ސަރަހައްދުން ދޭގޮތަށް ބަދަލުކޮށްފި

ޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ބަދަލުކޮށްފިއެވެ.

މި ބަދަލުގެނެސް އާ ލޭންޑް ޔޫސް ޕްލޭން މިއަދު އާންމުކޮށްފައިވާއިރު، އެކަމަށް އިޝާރާތްކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިޢުލާން ކުރެވުނީ 24 އޮގަސްޓް 2023 ގައި ނަމަވެސް އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތުމާއެކު، އެ ޕްލޭން ބަދަލުކޮށް 27 އޮކްޓޯބަރު 2024 ގައި އާ ޕްލޭނެއް އިޢުލާނު ކުރެވުނުކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، އާ ޕްލޭނުގައި ސަރުކާރުން އިތުރަށް ހިއްކުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ނެގުންވެސް ބޭއްވުނެވެ. ނަމަވެސް، ކުރީގެ ޕްލޭނުގެ ދަށުން ގޯތި ލިބުނު ބައެއް ފަރާތްތަކަށް އާ ޕްލޭނުގެ ދަށުން ގުރުއަތު ނެގުނު އިރު، އަދި ނުހިއްކާ ނަމަވެސް ހިއްކުމަށް ޕްލޭނުކުރެވިފައިވާ ސަރަޙައްދުން ގޯތި ލިބޭ ގޮތް ވެގެން ދިޔައެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތާ އެއްގޮތަށް، ގުޅީފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެސް ގެޒެޓުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބް އިތުރަށް ވިދާޅުވި ގޮތުގައި، މި ބަދަލާއެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަޙައްދަށް ބަދަލު ކުރެވިފައިވެއެވެ. އަދި މި ބަދަލު ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއާ ޙިއްސާކުރެވި، ބިންތައް ދޭނެ ގޮތަކާމެދު މަޝްވަރާކުރެވިފައިވެއެވެ.

 

 

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަހުގެ ތެރޭގައި ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދާދޭން ފެށޭނެއެވެ. އަދި ސާވޭ ނިމުނުހާ އަވަހަކަށް ޙަވާލު ކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ޙަވާލު ކުރެވޭނެއެވެ.

މިނިސްޓަރު މުއްތަލިބް ނިންމާލަމުން ވިދާޅުވީ، މިއީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ޙަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެއް ކަމަށެވެ.

މި ބަދަލާއެކު، ގުޅިފަޅުގެ ގޯތި ލިބޭ ފަރާތްތަކަށް އަވަސް މުސްތަޤުބަލެއްގައި ގޯތީގެ ރަޖިސްޓްރީ ލިބި، ގޯއްޗާ ޙަވާލުވެވޭނެ ކަމަށް އުންމީދު ކުރެވެއެވެ. މިއީ ގުޅިފަޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ގުޅިފަޅު ތަރައްޤީކުރުމުގެ މަޝްރޫޢަކީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.

މި ބަދަލާއެކު، ގުޅިފަޅުގެ ތަރައްޤީގެ މަޝްރޫޢު އިތުރަށް ހަލުވިވެ، ގޯތި ލިބޭ ފަރާތްތަކަށް އަވަސް ފުރުޞަތެއްގައި އެ ސަރަޙައްދުގައި ދިރިއުޅެން ފެށޭނެ ކަމަށް ބެލެވެއެވެ. މިކަމުން މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށްވެސް އުންމީދު ކުރެވެއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަލްޓަން ޕާކު 3 މަހަށް ބަންދުކޮށްފި ޚަބަރު | 16 ގަޑިއިރު ކުރިން76 ޕޮއިންޓަށްވުރެ މަތިން ލިބި ގުރުއަތު ނުނަގައި ތިބި މީހުންނަށް ފްލެޓް ހަމަޖައްސައިދެނީ ޚަބަރު | 17 ދުވަސް ކުރިން4000 ހައުސިންގ ޔުނިޓުތަކުގެ ކުލިން ސަބްސިޑީއެއް ދިނުމަށް ސަރުކާރުން ނިންމައިފިޚަބަރު | މަހެއް ކުރިންއައު ބަދަލެއް: އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައި އޮތަސް ފްލެޓު ނުގެއްލޭނެޚަބަރު | މަހެއް ކުރިން