logo
MPL

MPL

ޚަބަރު

ވިލިމާލޭ 100 އެންދުގެ ހޮސްޕިޓަލްގެ ތަފްސީލީ ޑިޒައިން މަރުޙަލާ ފެށުމަށް ނިންމައިފި

ހުސައިން ވަސީމް
12 ޖޫން 2025 - 08:06
ވިލިމާލޭ 100 އެންދުގެ ހޮސްޕިޓަލްގެ ތަފްސީލީ ޑިޒައިން މަރުޙަލާ ފެށުމަށް ނިންމައިފި

ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލްގެ ޑިޒައިން މަރުޙަލާ ފެށުމުގެ ގޮތުން ލެޓަރ އޮފް އެކްސްޗޭންޖްގައި މިއަދު ސޮއިކޮށްފި އެވެ.

މި ލިޔުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި، ދިވެހިރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އެކްސެލެންސީ މިސްޓަރ ކޮންގ ޝިއަންހުއާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު މިހާއްސަ ރަސްމިއްޔާތުގައި ޞިއްޙަތާއި ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމްގެ އިތުރުން، ސަރުކާރުގެ އިސް ބޭފުޅުންނާއި ޗައިނާ އެމްބަސީގެ އިސް ފަރާތްތައް ބައިވެރިވެ ވަޑައިގެންނެވިއެވެ.

112 އެނދުގެ ޖާގައިގެ މި ހޮސްޕިޓަލުގެ ފީޒިބިލިޓީ ދިރާސާ ވަނީ މިހާރު ނިމިފައެވެ.

ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ޚިދުމަތް ދޭން ފެށޭނެ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ވިދާޅުވެފަ އެވެ. އަދި ވިލިމާލޭ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެކި ފަރާތްތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނުކަމަށާ އެގޭ ތެރޭގައި ހޮސްޕިޓަލުތަކާއި ވުޒާރާތަކާއި އެކަމާއި ގުޅުން ހުރި ތަންތަނާއެކު މަޝްވަރާ ބައްދަލުވުންތައް ގެންދެވުނުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޗައިނާއިން ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހިންގަވަން ނިންމެވި މަޝްރޫޢުއެކެވެ.

ވިލިމާލޭގައި މިހާރު ބޭނުންކުރާ ހޮސްޕިޓަލުގައި ބޭނުންކުރަނީ އެމަޖެންސީ 5 އެނދެއެވެ. އަދި ހޮސްޕިޓަލުގައި ހުރީ ބަލި މީހުން ބަލާ 3 ކޮޓަރިއެވެ. ބައެއް އާއްމު ޙާލަތްތަކުގައި މިހާރުވެސް ފަރުވާއަށް އަންނަޖެހެނީ މާލެއެވެ.ވިލިމާލެއަކީ 15000 އެއްހާ މީހުންގެ އާބާދީއެއް އޮތް ރަށެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިތުހޯލްޑިން ޓެކްސް ބޮޑު ކުރުމުން ދިވެހި ކޮންޓްރެކްޓަރުންނަށް ވާދަވެރި މާހައުލެއް ޤާއިމްވާނެޚަބަރު | 8 ދުވަސް ކުރިންއިގްތިސާދު ރަނގަޅުވާއިރަށް އައްޑޫ ބްރިޖުގެ މަޝްރޫޢު ފެށުމަށް ތައްޔާރުވަނީޚަބަރު | 21 ދުވަސް ކުރިންއައްޑޫ ލިންކު ރޯޑުގެ މަސައްކަތް އަވަސްކުރެވޭނެ ގޮތެއް ހޯދަނީޚަބަރު | 21 ދުވަސް ކުރިން''މާލޭގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަކީ އަމާޒު''ޚަބަރު | މަހެއް ކުރިން