logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕޭނަށް ލިވަޕޫލްގެ އިސް ވަފުދެއް ރާއްޖެ އަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
21 މޭ 2025 - 02:36
ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕޭނަށް ލިވަޕޫލްގެ އިސް ވަފުދެއް ރާއްޖެ އަށް

އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަޕޫލްގެ ސީނިއާ ޓީމުގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިއްޔެ ހާމަކުރި ގޮތުގައި، މި ވަފުދު ރާއްޖެ އައިސްފައިވަނީ ލިވަޕޫލްގެ "ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރު" ގެ ހައިސިއްޔަތުން ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕޭނެއް އެމްއެމްޕީއާރުސީއާ ގުޅިގެން ފަށާފައިވާތީ އެ ކަމަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެމްޕީއާރުސީން ހާމަކުރި ގޮތުގައި، މި ވަފުދުގައި އިސްކޮށް ހިމެނެނީ ލިވަޕޫލްގެ ޕާޓްނާޝިޕްސސްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ޕޯލް އާއި ލިވަޕޫލް އެފްސީގެ ޑައިރެކްޓާ އޮފް ގްލޯބަލް ޕާޓްނާޝިޕް ޑިވޮލޮޕްމެންޓް އެލެކްސް ފްރޭޒާއެވެ. މި ދަތުރަކީ "ވިޒިޓް މޯލްޑިވްސް" ގެ ސްޓްރެޓިޖިކް ޕާޓްނާޝިޕް ތަރައްގީ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ.

މި ދަތުރުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިންނާ އެކު މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ރާއްޖެ ހަމަޖެއްސުމުގެ މަގްސަދަކީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެ އަށް ޒިޔާރަތް ކުރުމަށް އިތުރު ޓޫރިސްޓުންނަށް ހިތްވަރު ދިނުމެވެ. މި ޕާޓްނަރޝިޕް ދެމިގެންދާނީ ތިން އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށެވެ.

އެމްއެމްޕީއާރުސީން އިތުރަށް ހާމަކުރި ގޮތުގައި، އަންނަ އޮގަސްޓު މަހު ފަށާ އާ ސީޒަނާ ދިމާކޮށް ގިނަ ހަރަކާތްތަކެއް ތާވަލް ކޮށްފައިވެއެވެ. މީގެ ތެރޭގައި ލިވަޕޫލްގެ ކުޅުންތެރިން ހިމެނޭ ކޮންޓެންޓާއި ބައިނަލްއަގްވާމީ މުހިންމު ކެމްޕެއިނެއް އަންނަ މަހު ފެށުމަށް ވަނީ ނިންމާފައެވެ.

މި ޕާޓްނަރޝިޕްގެ ސަބަބުން ލިވަޕޫލްގެ ބޮޑު ފޭންބޭސް އެއް އޮންނަ އިނގިރޭސި ވިލާތާއި ޖަރުމަނާއި މެދުއިރުމަތިފަދަ އަގުބޮޑު މާކެޓުތަކަށް އަމާޒުކޮށްގެން ކުރަމުން އަންނަ މަސައްކަތުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ދެކެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

4 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެމްއެމްޕީއާރްސީއަށް ފައިދާވެއްޖެ ޚަބަރު | 2 މަސް ކުރިންއެމްއައިޓީޑީސީ އުވާލައި އެމްއެމްޕީއާރުސީގެ ހަރަދު ކުޑަކުރަން މަޖިލީހުން ފާސްކޮށްފިޚަބަރު | 2 މަސް ކުރިންވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ލޯކަލް އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ޚަބަރު | 2 މަސް ކުރިންމާލީ ހާލަތު ގޯސްވީ ކުރީ ސަރުކާރުގެ ހަތަރު އަހަރު އަމަލުކުރި ގޮތުން: އެމްއެމްޕީއާރްސީޚަބަރު | 2 މަސް ކުރިން