ލޯންޗް ބުރަފަތިން ޖެހި އަތުން ބުރިވި ބައި ނުފެނުނު، ތަހްގީގު ކުރިއަށް


21 މޭ 2025 - 04:09
ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބަންގްލަދޭޝް މީހެއްގެ އަތް ބުރިވެފައިވާއިރު، އެމީހާގެ އަތުން ބުރިވި ބައި ފެނިފައިނުވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30 ހާއިރުއެވެ. މި އެކްސިޑެންޓްގައި ފީނަން އުޅުނު ބަންގްލަދޭޝް މީހެއްގެ ގައިމަތިން ދިޔަ ލޯންޗެއްގެ ބުރަފަތިން ޖެހި، އެ މީހާގެ އަތް ވަނީ ބުރިވެފައެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި، މި ހާދިސާ ހިނގި ސަރަހައްދު ދެ ފަހަރެއްގެ މަތިން ބަލައި ފާސްކޮށްފައިވީ ނަމަވެސް، އަނިޔާ ލިބުނު މީހާގެ ބުރިވި އަތް އަދިވެސް ފެނިފައެއް ނުވެއެވެ.
މި މައްސަލައްސަލައިގެ ތަޙުޤީޤުގައި، އެ ލޯންޗުގެ ކެޕްޓަން ހިމެނޭ ގިނަ އަދަދެއްގެ މީހުންނާ ސުވާލުކޮށް، ބަޔާން ނަގާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރިއެވެ. އަދި ތަޙުޤީޤުގައި މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލައި، އަދި ފިޔަވަޅެއް އަޅާފައި ނުވި ނަމަވެސް، ތަޙުޤޙުޤީޤުގެ ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރޭ ވެސް ވަނީ އިތުރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. ޅ. ގާއެރި ފަޅު ކައިރީގައި ފީނަން ނުކުމެ އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެ ޑިންގީގައި ތިބި ފަސް ދިވެހި ފިރިހެނުންނަށް ވެސް ވަނީ އަނިޔާވެފައެވެ.
އިތުރު ލިޔުންތައް

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
10 މަސް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
9 މަސް ކުރިން
މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ
9 މަސް ކުރިން