logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގައި ހިނގި މާރާމާރީގައި 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

 ހުޅުމާލޭގައި ހިނގި މާރާމާރީގައި 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފޭސް 2، H11 ކައިރީ ހިނގި މާރާމާރީގައި 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފަ ވަނީ މއ. ޝެލްޓާ/ ކ. މާލެ، މުހައްމަދު ރައިހާން ހުސެން (18)އެވެ. މުހައްމަދު ރައިހާން ހުސެން ވަނީ ކޯޓް އަމުރެއްގެ ދަށުން 2025 މޭ 20 ވަނަ ދުވަހުގެ 23:10 ހާއިރު ވަނީ ހައްޔަރު ކޮށްފައެވެ. މި މައްސައްލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 19 މޭ 23:51 ހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ދިން މައުލޫމާތު ވަނީ، މި މާރާމާރީގައި، ދެމީހަކަށް އަނިޔާ ވެފައިވާ ކަމަށެވެ. އެ ގޮތުން ފުލުހުން ބުނިގޮތުގައި އެކެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފަ، އަދި ދެވަނަ މީހައިގެ ބުރަކަށި އެކި ތަންތަނުން ދުޅަވެ ދެ އަތުގެ އުޅަންބޮށި ވަނީ މަށައިގެން ގޮސްފައެވެ. އޭގެ އިތުރުން، މި މާރާމާރީ ހިނގި މީހުން ދެ ފޮނު ވެސް ވަނީ ފޭރިގެންފައެވެ.

މި މާރާމާރީގައި އަނިޔާލިބުނު މީހުންނަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނި ހުޅުމާލެ ހޮސްޕިޓަލް އަށެވެ.

މުހައްމަދު ރައިހާން ހުސެންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު އަދި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާ ޓަވަރެއްގައި ކުޑަކުދިންތަކެއްގެ މެދުގައި އިންޒާރު ދީ ހަމަނުޖެހުން ހިންގި މައްސަލައެއްޚަބަރު | 13 ގަޑިއިރު ކުރިންބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާގެ ހަށިގަނޑު ފެނިއްޖެޚަބަރު | 12 ދުވަސް ކުރިންއާދިއްތަ ދުވަހުގެރޭގެ މާރާމާރީއާ ގުޅިގެން ދެ ބިދޭސީއަކު ޑީޕޯޓުކުރަނީޚަބަރު | 22 ދުވަސް ކުރިންއުމުރުން 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު ހައްޔަރު ކޮށްފިޚަބަރު | މަހެއް ކުރިން