logo
Bank of Maldives

Bank of Maldives

ޚަބަރު

ދުންފަތުން ދުރުވެވޭނެ ހަރުދަނާ ނިޒާމު މުޅި ރާއްޖެއަށް ފުޅާކުރަން ބޭނުން - ރައީސް

އަޙްމަދު ޒަލީފް
21 މޭ 2025 - 11:24
ދުންފަތުން ދުރުވެވޭނެ ހަރުދަނާ ނިޒާމު މުޅި ރާއްޖެއަށް ފުޅާކުރަން ބޭނުން - ރައީސް

ދުންފަތުން ފުރުވެވޭނެ ހަރުދަނާ ނިޒާމު މުޅި ރާއްޖެއަށް ފުޅާ ކުރުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށާއި، ރަށްރަށުގައި ޓޮބޭކޯ ސެސޭޝަން ކްލިނިކްތަކުގެ ކަންކަން މިހާރަށްވުރެ އެތައް ގުނައެއް އިތުރުކުރެއްވުމަށް ޚާއްސަ އިސްކަމެއްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޖެނެރޭޝަން ބޭން ގެނައުން ހިމެނޭހެން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލް ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙުތަކާއެކު، ދުންފަތުގެ ނުރަނގަޅު ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކާ، އެކަމުން ދުރުހެލިވުމަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކޮށް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ އަމާޒެއްކަމަށެވެ.

ވަކިން ޚާއްސަކޮށް ރަށްރަށުގައި ޓޮބޭކޯ ސެސޭޝަން ކްލިނިކްތަކުގެ ކަންކަން މިހާރަށްވުރެ އެތައް ގުނައެއް އިތުރުކުރެއްވުމަށް ޚާއްސަ އިސްކަމެއްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ސަރުކާރުން ގެންނެވި އެންމެ މުހިންމު އެއް އިސްލާހަކީ 1 ޖެނުއަރީ 2007 އިން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާކުރުމެވެ.

މިކަމަށް އިޝާރާތްކުރައްވާ ރައީސް ވަނީ އަންނަ ނޮވެމްބަރުމަހުގެ އެކަކުން ފެށިގެން މި އިސްލާޙަށް ޢަމަލުކުރަން ފެށިގެންދާއިރު، ސްކޫލްތަކަކީވެސް ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ ތަންތަންކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ވަށާޖެހޭ ހައްލެއް ގެނައުންކަމަށާއި، މި ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކާ ތަންފީޒީ އިދާރާތަކަށް މުހިންމު ބާރުތަކެއް ޤާނޫނުން މިހާރު ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއި ޖަރުމަނާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފިޚަބަރު | ގަޑިއިރެއް ކުރިންފަތުރުވެރިން އިތުރުކުރުމަށް ޖަރުމަނާއެކު ފަހުމުނާމާއެއްޚަބަރު | ގަޑިއިރެއް ކުރިންޖަރުމަނުން ރަސްމީކޮށް މަރުހަބާ ދެންނެވި ފުރަތަމަ ދިވެހި ރައީސަކަށް ޑރ. މުޢިއްޒުޚަބަރު | ގަޑިއިރެއް ކުރިންރަސްމީ ރިޒަރވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރުފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިއްޖެ: ރައީސްޚަބަރު | 3 ގަޑިއިރު ކުރިން