logo
ޚަބަރު

އުތުރުގެ ދެ ރަށެއްގައި އޮނު އާލާކުރަނީ

އަޙްމަދު ޒަލީފް
21 މޭ 2025 - 14:24
އުތުރުގެ ދެ ރަށެއްގައި އޮނު އާލާކުރަނީ

ރާއްޖޭގެ އުތުރުގެ ދެރަށް ކަމަށްވާ ވައިކަރަދޫއާއި ގޮއިދޫގައި އޮނު އާލާކުރުމުގެ ބޮޑު މަޝްރޫޢެއް ފަށައިފިއެވެ.

މިއީ އެޓްމޮސްފިއަރ ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދާ މަޝްޜޫޢެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮނާއި ބެހޭ ދިރާސާއެއް ހެދުމަށް ޤައުމީ ޔުނިވަރސިޓީއާއި އެޓްމޯސްފިއަރ ފައުންޑޭޝަނާއެކު މިއަދު ފަހުނާމާއެއްގައި ސޮއިކޮށްފައިވާއިރު، މިފަހުމުނާމާގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ.ޢައިޝަތު ޝެހެނާޒް އާދަމެވެ. އެޓްމޯސްފިއަރ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް ޢަބްދުލް އަޒީޒް ޢަބްދުލް ހަކީމެވެ.

އޮނަކީ ތިމާވެއްޓާ ރައްޓެހި އަދި ޖައްވުގައި އޮކްސިޖެން ލެވެލް މަތި ކޮށްދިނުމަށް އެހީ ވެދޭ ވިނައިގެ ބާވަތެކެވެ. މިއީ ޖައްވަށް ބޭރުކުރާ ވިހަ މާއްދާއިން ލިބޭ ގެއްލުން ކުޑަކޮށްދިނުމަށްވެސް ވަރަށް ބޮޑަށް އެހީވެދޭ ބާވަތެކެވެ.

ޢަބްދުލް އަޒީޒް ވިދާޅުވީ 14 ވައްތަރެއްގެ އޮނު އިންޑިއާއިން ގެނެސް ރާއްޖޭގައި އިންދާފައިވާކަމަށެވެ. މީގެ ތެރެއިން ރާއްޖެއަށް އެންމެ ރަނގަޅީ ކޮންވައްތަރެއްގެ އޮނެއްތޯ ދިރާސާކުރަމުން އަންނަތާ ދޮޅުވަރަކަށް އަހަރުވެފައިވާ ކަމަށާއި، މިކަމުން ރަނގަޅު ނަތީޖާއެއްވެސް ލިބިފައިވާކަމަށް ވިދާޅުވިއެވެ. 

މީގެއިތުރުންވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އޮނު ހަދިޔާކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިޕްރޮގްރާމަށް ބޭނުންވާ އޮނު ރާއްޖެއިން ބޭރުން ގެނެސް، ރާއްޖޭގައި ބަލަހައްޓަނީ އެކަމަށް ޚާއްސަ ނަރސަރީއެއްގައެވެ. އެޓްމޯސްފިއަރ ފައުންޑޭޝަންގެ ޢަމާޒަކީ ރާއްޖެ ކަރބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި، އޮނު އާލާކޮށް މި ޕްރޮގްރާމްގެ ޙިއްސާ ވީހާވެސް ބޮޑަށް އިތުރުކުރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވައިކަރަދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއަށް ޚަބަރު | 10 ދުވަސް ކުރިންއުތުރުގެ ދެ ރަށެއްގައި އޮނު އާލާކުރަނީ ޚަބަރު | 3 މަސް ކުރިން