ށ. ގޮއިދޫ ކައުންސިލް އިދާރާއަށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފި
11 ސެޕްޓެމްބަރު 2025 - 07:15

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ކުރިއަށްގެންދާ "ލައިވްލިހުޑް އެންހޭންސްމެންޓް އޮފް ސްމޯލް ސްކޭލް ފާމާސް އިން ސާކް ރީޖަން ތުރޫ ސްމޯލް ސްކޭލް އެގްރޯބިޒްނަސް ފޯކަސިން އޮން ވެލިޔު ޗެއިން ޑެވެލޮޕްމެންޓް" ޕްރޮޖެކްޓުގެ ޕްރޮސެސިންގ ފެސިލިޓީއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް ށ. ގޮއިދޫ ކައުންސިލް އިދާރާއަށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ.
މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިފައިގެން ވެލާނާގެ 7 ވަނަ ފަންގިފިލާއަށް އައުމަށް އެ މިނިސްޓްރީއިން ކުރި އިޢުލާނުގައި ވަނީ ބުނެފައެވެ.

Ad by Hajj Corporation
ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:00 ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ދީފައިވާ ނަމްބަރަކީ 3339282 އަދި 333927 އެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެކަމަށް ވެސް އެ އިޢުލާނުގައި ބަޔާން ކޮށްފައިވެއެވެ.