logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންދަށް ލުއި ދިނަސް ކޮންމެ 100 ދުވަހަކުން ބަންދު މުރާޖަޢާ ކުރާނެ

އަޙްމަދު ޒަލީފް
21 މޭ 2025 - 14:58
ބަންދަށް ލުއި ދިނަސް ކޮންމެ 100 ދުވަހަކުން ބަންދު މުރާޖަޢާ ކުރާނެ

ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ "ވާނުވާ" ބަންދުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޝަރުތުތަކަކާއެކު ބަންދަށް ލުއި ދިނަސް ކޮންމެ 100 ދުވަހަކުން ބަންދު މުރާޖަޢާ ކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، އެ ކަންކަން މިއަދުން ފެށިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކުން، ސަބަބާއެކު އެ އޮފީހަށް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. 

މި މަސައްކަތް ކުރަނީ ބަންދަށް ލުއި ދިނުމުގެ ކުރިން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމަށް ފަހުއެވެ. އެގޮތުން، މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި، އެ މީހުން މޮނިޓާ ކުރެވޭނެ ގޮތަށް ޝަރުތުތަކަކާއެކު މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުންނާއި ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ޚާއްސަ އެސެސްމަންޓެއް ތައްޔާރުކުރެވޭނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ 66 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގައި ކަމަށް ޕީޖީއޯއިން ވަނީ ބުނެފައެވެ. 

މީގެއިތުރުން، މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖައާކުރުމަށް ކޮންމެ 100 ދުވަހަކުން އެއް ފަހަރު ޕީޖީއޯއިން ކޯޓަށް ހުށަހަޅައި، މުރާޖައާކުރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް ޕީޖީއޯއިން ވަނީ ބުނެފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފިޚަބަރު | 7 ދުވަސް ކުރިންއެމް.އެމް.ޕީ.އާރު.ސީ ޚިޔާނާތުގެ އިތުރު މައްސަލައެއްގެ ތަޙްޤީޤު ނިންމައި ދަޢުވާކުރުމަށް ތައްޔާރުވެއްޖެޚަބަރު | 21 ދުވަސް ކުރިންމާވަށުގައި މީހަކު މަރާލި މައްސަލަ: ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފި ޚަބަރު | މަހެއް ކުރިންމާވަށު މޫސަ މަރާލި މައްސަލަ: ދައުވާކުރުމަށް ޕީޖީއަށްޚަބަރު | މަހެއް ކުރިން