logo
E-Platinum
ޚަބަރު

މިއަދު ދޫކޮށްލުމަށްފަހު އަނެއްކާވެސް ރައުދު ހައްޔަރުކޮށްފި

އަޙްމަދު ޒަލީފް
22 މޭ 2025 - 11:55
މިއަދު ދޫކޮށްލުމަށްފަހު އަނެއްކާވެސް ރައުދު ހައްޔަރުކޮށްފި

ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޙައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރުކޮށް، މިއަދު ބަންދުން ދޫކޮށްލި ރައުދު އަޙްމަދު ޒިލާލް، އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފިއެވެ.

ޔުމްނު ވެއްޓުނު ހާދިސާ ހިނގާފައިވަނީ އެޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ.

ރައުދު، 21، ދޫކޮށްލީ ފުލުހުން އަމިއްލައަށް މިއަދު ހެނދުނު 11:00 ހާއިރު އެވެ. ރައުދު ބަންދުން ދޫކޮށްލި އިރު، އޭނާ ބަންދު ކުރަން ދަށު ކޯޓުން ނެރުނު އަމުރު އިސްތިއުފާނު ކުރުމުން މިއަދަށް އޮތީ ހައި ކޯޓުގައި އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. އެ އަޑުއެހުން ތާވަލުކޮށްފައި އޮތީ 10:00 އަށެވެ.

ހ. ފެންޓަނޯއީ ގެއާ އިންވެގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ މީހަކު ފެނުނު މައްސަލަ ތަޙުޤީޤުކުރުމަށް ކަމާ ބެހޭ ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ކޮމިޝަނުން މިހާރު ވަނީ ފަށާފައެވެ.

ޔުމްނު ވެއްޓިފައި އޮތްވާ ފެނުނު މައްސަލަ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ކޮމިޝަނެއް އުފެއްދެވީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. މި ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގިނަ ބާރުތަކެއް ދެއްވާފައެވެ.

މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކޮމިޝަނުން ވިދާޅުވެފައިވަނީ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، ގުޅުންހުރި އިދާރާތަކުގެ ކަމާއި ބެހޭ މުވައްޒަފުންނާ ބައްދަލުކޮށް، މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ކިބައިން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށެވެ.

ރައީސުލުޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ ކޮމިޝަންގެ މަސައްކަތަށް އާންމުންގެ އެހީތެރިކަން ހޯދުމަށް ހާއްސަ ޕޯޓަލެއްވެސްވަނީ ހުޅުވާލާފައެވެ. މި ޕޯޓަލްގެ ޒަރީއްޔާއިން އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާއި ގުޅޭ ފޮޓޯއާއި ވީޑީއޯ އާއި އެނޫންވެސް ލިޔެކިއުމެއް ނުވަތަ މައުލޫމާތުތައް ކޮމިޝަނާއި ހިއްސާ ކުރެވޭނެއެވެ. މީގެ އިތުރުން، ކޮމިޝަނުގެ މަސައްކަތާއި ގުޅޭގޮތުން ސުވާލެއް އޮތްނަމަ އެ ޕޯޓަލް މެދުވެރިކޮށް ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައުދު ފުރައިގެން ދިޔަ ވާހަކަ އަކީ ދޮގެއް: ފުލުހުން ޚަބަރު | މަހެއް ކުރިންޔުމްނު ވެއްޓުނު މައްސަލައިގެ ރިޕޯޓު ދެ ހަފުތާގެ ތެރޭގައި ރައީސަށް ހުށަހަޅާނެ: ކޮމިޝަންޚަބަރު | 2 މަސް ކުރިންރައުދު ބަންދުން ދޫކޮށްލައިފި ޚަބަރު | 2 މަސް ކުރިންރައުދުގެ މައްސަލަ ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިޚަބަރު | 2 މަސް ކުރިން