logo
Bank of Maldives

Bank of Maldives

World

އިނގިރޭސިވިލާތުގެ އެހީ ޣައްޒާއަށް: 5.4 މިލިޔަން ޑޮލަރު ހަމަޖައްސައިފި

އަޙްމަދު ޒަލީފް
22 މޭ 2025 - 12:25
އިނގިރޭސިވިލާތުގެ އެހީ ޣައްޒާއަށް: 5.4 މިލިޔަން ޑޮލަރު ހަމަޖައްސައިފި

ފަލަސްޠީނުގެ ޣައްޒާއަށް އިންސާނީ އެހީގެ ގޮތުގައި 5.4 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ދޭނެ ކަމަށް އިނގިރޭސިވިލާތުން އިޢުލާނު ކޮށްފިއެވެ.

އިނގިރޭސިިވިލާތުން ބުނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ދޭ ފައިސާއާ ޙަވާލު ވާނީ ބްރިޓިޝް ރެޑް ކްރޮސުން ކަމަށެވެ. އެ ފައިސާ ޣައްޒާއަށް ފޯރު ކޮށްދޭނީ ފަލަސްޠީނިއަން ރެޑް ކްރެސެންޓު ސޮސައިޓީ މެދުވެރިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިނގިރޭސިވިލާތުގެ ތަރައްޤީއާބެހޭ ވަޒީރު ޖެނީ ޗެޕްމަން މި ވަގުތު ދަނީ އިސްރާއީލަށާއި ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުގެ ބިންތަކަށް ދަތުރުފުޅެއް ކުރައްވަމުންނެވެ.

ޗެޕްމަން ވިދާޅުވީ ޔަހޫދީ ސަރުކާރުން ޣައްޒާައަށް އެހީގެ ސާމާނު ވެއްދުމަށް ހުރަސްއެޅުމަކީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ޣައްޒާއަށް ވަނުމުގެ ޙުއްދަ ދީފައި ވަނީ އެދެވޭ މިންވަރަ ވަރަށް ވުރެ މާ މަދު ޢަދަދެއްގެ ޓްރަކަށް ކަމަށެވެ. އިނގިރޭސިވިލާތުން ދެކޭ ގޮތް ވަރަށް ސާފު ކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ ތަކުލީފު ދިގުދައްމައިގެން އިސްރާއީލަށް ސަލާމަތްކަން ނުލިބޭނެ ކަމަށެވެ.

ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަރު ކޮށްފައިވާ 98 ލޮރީ ފަލަސްޠީނުގެ ޣައްޒާއަށް އެތެރެވުމަށް ޔަހޫދީން ފުރުޞަތު ދީފައި އޮތް ނަމަވެސް، އެ ސަހަރުގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް އެހީގެ ސާމާނު ފޯރުކޮށްދިނުމަށް އަދިވެސް ޔަހޫދީ ފައުޖުން ހުރަސްތައް ކުރިމަތި ކުރަމުންދާ ކަން އެކުވެރި ދައުލަތްތައް (އދ)ން ވަނީ ހާމަކޮށްފައެވެ.

ކާބޯތަކެއްޗާއި އިންސާނީ އެހީގެ ކުޑަ މިންވަރެއް ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން ދީފައި މި ވަނީ 11 ހަފުތާއަށް ފަހުއެވެ. ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނުގެ އިތުރުން ބޭހާއި ޞިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނު އެތެރެ ކުރުން ވެސް އޮތީ ހުއްޓުވާފައެވެ. އަދި، ޖަނަރޭޓަރުތަކާއި އިންޖީނުގެތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ވެސް އޮތީ ހުރަސް އަޅާފައެވެ.

އދގެ އިދާރާއެއް ކަމުގައިވާ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ބުނީ، ޣައްޒާއަށް ވައްދާފައިވާ ކާބޯތަކެތި، އެ ސަހަރުގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާނާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ޢާންމު ބަދިގެތަކާއި، ޕާން ފިހާ ބޭކަރީތަކަށް ފޯރުކޮށްދެވިފައި ނުވާ ކަމުގައެވެ. އަދި، ބޭސް ފަރުވާގެ ސާމާނު ހަސްފަތާލުތަކަށް ގެންގޮސްދެވިފައި ނުވާ ކަމުގައެވެ. އެ ތަކެތީގެ އިންތިޒާރުގައި ޢާންމު ބަދިގެތަކާއި، ބޭކަރީތަކުގެ އިތުރުން ހަސްފަތާލުތައް ތިބި ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިނގިރޭސި ރަސްގެފާނު ޗާލްސް ލަދުގަންނަވާލަން ޓްރަމްޕް ރާވާފައިވާކަން ފަޅާއަރައިފިދުނިޔެ | 5 ގަޑިއިރު ކުރިންރާއްޖޭގެ ގޮވާލުމެއް: ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބަޢަވަންދެން ޔަހޫދީ ދައުލަތަށް ފިޔަވަޅު އަޅާ!ޚަބަރު | މަހެއް ކުރިންމެދުއިރުމަތި: ޣައްޒާ ކާބޯތަކެއްޗާއި ބޭހަށްޖެހުމުގެ ތުންފަތްމަތީގައިދުނިޔެ | 2 މަސް ކުރިންބޮޑު ދެގެރީގެ ތަޅާފޮޅުމުގައި ބެދި، ޣައްޒާއަށް މުދާ އެތެރެކުރުން ހުއްޓުމަކަށް!ދުނިޔެ | 2 މަސް ކުރިން