logo
Bank of Maldives

Bank of Maldives

ޚަބަރު

އޭޓީއެމްއާއެކު އާބާދީ ކުޑަ ނޫމަރާއަށްވެސް އުފާވެރިކަން

އަޙްމަދު ޒަލީފް
23 މޭ 2025 - 11:49
އޭޓީއެމްއާއެކު އާބާދީ ކުޑަ ނޫމަރާއަށްވެސް އުފާވެރިކަން

ށ،އަތޮޅުގެ އެންމެ އާބާދީ ކުޑަ އެ އަތޮޅުގެ ނޫމަރާގައިވެސް އޭޓީއެމް ޤާއިމުކޮށް ޚިދުމަތް ފަށައިފިއެވެ.

ނޫމަރާގައި އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނޫމަރާގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އޭޓީއެމް ހުޅުވައިދެއްވުމަށްފަހު ބީއެމްއެލްއިން ވަނީ ނޫމަރާ ކައުންސިލަށް ހަނދާނީ ފިލައެއް ދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނޫމަރާގައި ޤާއިމުކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ.

ށ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ ގޮތުން މި ބުރުގައި 10 ރަށެއްގައި ޚިދުމަތް ޤާއިމު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިއާއެމު މި އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވިގެން ދާނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށްރަށުގައި ބެހެއްޓުމެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަސްތައް ކަނޑަން ޖެހޭތީ،ވިލިމާލޭގެ ފްލެޓް ޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރަނީ!ޚަބަރު | 4 ދުވަސް ކުރިންފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހޯމް ފައިނޭންސިންގއެއް ޚަބަރު | 7 ދުވަސް ކުރިންބީއެމްއެލް އިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަހެއްގެ މައްޗަށް 35.4 މިލިއަން ޑޮލަރުގެ ޓީޓީ ދޫކުރިޚަބަރު | 9 ދުވަސް ކުރިންއުމުރުން 75 އަހަރުވުމާ ހަމައަށް ބީއެމްއެލް އިން ލޯނު ދޫކުރާގޮތަށް ނިންމައިފިޚަބަރު | 9 ދުވަސް ކުރިން