logoEN
ކުޅިވަރު

ލިވަރޕޫލުން ފްލޯރިއަން ވަރޓްޒްގެ ސޮއިހޯދުމާއި ގާތަށް

ވަރޓްޒް ލިވަރޕޫލާއި ގުޅުމަކީ ގާތްކަމެއް

ވަރޓްޒް ލިވަރޕޫލާއި ގުޅުމަކީ ގާތްކަމެއް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

24 މޭ 2025 - 06:57

ބަޔަރ ލެވަކޫސަންގެ ޖަރުމަނު ސްޓާރ ފްލޯރިއަން ވަރޓްޒްގެ ސޮއި ހޯދުމުގެ މަސައްކަތް ލިވަރޕޫލުން ހަލުވިކަމާއެކު ކުރިޔަށްޑާކަމަށް ރިޕޯރޓްތަކުން ބުނަންފަށައިފިއެވެ. އެގޮތުން ވަރޓްޒް ގެ ސޮއި ހޯދުމަށް ލިވަރޕޫލުން 126 މިލިއަން ޕައުންޑުގެ ޚަރަދުކުރަން ޖެހޭނެކަމަށް ބެލެވެއެވެ.

22 އަހަރުގެ މި ކުޅުންތެރިޔާ މި ސީޒަންގައި ވަނީ 15 ލަނޑާއި 16 އެސިސްޓް ހަދާފައެވެ. ވަރޓްޒް ސޮއި ހޯދުމަށް ބަޔާން މިއުނިކް މަސައްކަތް ކުރިނަމަވެސް ނަމަވެސް، ޖަރުމަނުގެ މީޑިއާތަކުން ބުނާ ގޮތުގައި އޭނާ ބަޔަރންއަށް ބަދަލުވުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

ލިވަރޕޫލުން ވަނީ ލެވަކޫސަންއާ ރަސްމީކޮށް މުއާމަލާތްތައް ފަށާފައެވެ. އަދި ދެ ކުލަބުން މިހާރު މަޝްވަރާކުރަމުން ދަނީ ޓްރާންސްފަރ ފީއާއި އިތުރު އެހެނިހެން ޝަރުތުތަކާ ބެހޭ ގޮތުންނެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ވަރޓްޒް އިނގިރޭސިވިލާތަށް ބަދަލުވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

ވަރޓްޒްގެ އޭޖެންޓުންގެ ގޮތުގައި މަސައްކަތްކުރާ އޭނާގެ މައިންބަފައިން ވޭތުވެދިޔަ ހަފްތާގައި އިނގިރޭސިވިލާތަށް ޒިޔާރަތްކޮށްފައިވެއެވެ. ލެވަކޫސަންއިން މި ކުޅުންތެރިޔާ 150 މިލިއަން ޔޫރޯ އަގުކޮށްފައިވާއިރު، މެންޗެސްޓަރ ސިޓީން ވެސް ވަނީ މި ކުޅުންތެރިޔާ އަގު ބޮޑުކަމަށް ބުނެ ޑީލް އިން ތަނާޒުލުވެފައެވެ.

މިދިޔަ ހަފްތާގައި ލިވަރޕޫލުން ވަނީ ލެވަކޫސަންގެ ޑިފެންޑަރ ޖެރެމީ ފްރިމްޕޮންގް ގެ ސޮއި ހޯދާފައެވެ.

ކޮމެންޓް

871x217_placeholder