logoEN
ކުޅިވަރު

ޗެންޕިއަންސް ލީގު ފައިނަލުގައި އާރސެނަލް އާއި ބާސާ މިއަދު ނިކުންނަނީ

މިދިޔަ އަހަރު ބާސެލޯނާއިން ތަށި އުފުލާލަނީ

މިދިޔަ އަހަރު ބާސެލޯނާއިން ތަށި އުފުލާލަނީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

24 މޭ 2025 - 07:34

ޕޯޗުގަލްގެ ލިސްބަންގައި މިއަދު ކުޅެވޭ އަންހެނުންގެ ޗެމްޕިއަންސް ލީގު ފައިނަލުގައި އާރސެނަލް އާއި ބާސެލޯނާ މިރޭ ރާއްޖެ ގަަޑިން 9 ޖަހާއިރު ނިކުންނާނެއެވެ.

އަންހެނުންގެ ފުޓްބޯޅައިގެ ބޮޑު ބާރެއްކަމުގައިވާ ބާސެލޯނާ މިރޭގެ މެޗަށް ނިކުންނަނީ މި މުބާރާތުގެ ތަށި ހަތަރުވަނަ ފަހަރަށް ހޯދުމަށެވެ. މީގެކުރިން 2012/13 ވަނަ އަހަރު މި ދެ ޓީމު ފުރަތަމަ ބައްދަލުކުރިއިރު، އާރސެނަލްއިން ވަނީ ބާސެލޯނާގެ މައްޗަށް ފަސޭހަކަމާއެކު ކާމިޔާބު ހޯދާފައެވެ.

ނަމަވެސް މިހާރު އަންހެނުންގެ ފުޓްބޯޅައިގައި ބާސެލޯނާއަކީ ވަރުގަދަ ބާރެކެވެ. މިއީ އެ ޓީމުގެ ހަވަނަ ފައިނަލް މެޗެވެ. ބާސެލޯނާއިން ވިދިވިދިގެން ތިންވަނަ ޗެމްޕިއަންކަން ހޯދުމަށް މަސައްކަތް ކުރާއިރު، 2021/22 ގެ ގްރޫޕް ސްޓޭޖުގައި އާރސެނަލްއާ ދެކޮޅަށް ކުޅެ ބާސެލޯނާއިން ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ.

އާރސެނަލްއިން މީގެ ކުރިން ފައިނަލެއް ކުޅެފައިވަނީ 2006/07 ގައެވެ. އެ މެޗު އެގްރެގޭޓް ސްކޯރ 1-0 އިން ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް މިމުބާރާތުގެ ތަށި ވަނީ އުފުލާލާފައެވެ. އެހެންކަމުން މިމެޗަށް ނިކުންނައިރު ބާސެލޯނާގެ ޓީމު ބޮޑު ފޭވަރިޓެއްގެ ގޮތުގައި އޮތްނަމަވެސް އާރސެނަލް އިން ނިކުންނާނީ ތާރީޚު ބަދަލުކުރުމަށް ކަމަށް ބެލެވެއެވެ.

ކޮމެންޓް

871x217_placeholder