logoEN
ޚަބަރު

އިމިގްރޭޝަން އޮފިސަރުންގެ ވަޒީފާއަށް އެދި ގިނަބަޔަކު ކިޔުގަ

އިމިގްރޭޝަން އޮފިސަރުންގެ ގޮތުގައި 50 މުވައްޒަފުން ނެގުމަށް ކުރިއަށްގެންދާ ވޯކް-އިން އިންޓަވިއުއަށް ގިނަ ބަޔަކު ކުރިމަތިލައިފިއެވެ.

އެ ވޯކް-އިން އިންޓަރވިއުއަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށާއި މުވައްޒަފުން ނަގާނީ އިންސާފުވެރިކަމާއެކު ދެފުށް ފެންނަގޮތަށްކަމަށް ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަނުން އިއުލާން ކޮށްފައިވާ 50 އޮފިސަރުންގެ މަގާމަށް މީހުން ހޮވަން މިއަދު ވޯކް-އިން އިންޓަވިއު ހެނދުނު 9:00 ން ހަވީރު 5:00 އާ ހަމައަށް ގަލޮޅު ސްކޫލްގައިހަ ކްލާސްރޫމެއްގައި ހަ އިންޓަވިއު ފެނަލަކުން ކުރިއަދިޔައެވެ.

އިމިގްރޭޝަނަށް މުވައްޒަފުންގެ ގޮތުގައި އަލަށް މިނަގާ މުވައްޒަފުންންނަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތް ކުރުމަށް ހާއްސަކޮށް ތަމްރީނުކުރާނެ މުވައްޒަފުންކަމަށް އިމިގްރޭޝަނުންވަނީ ބުނެފައެވެ.

ކޮމެންޓް

871x217_placeholder