ބާސާ ބަލިކޮށް އާރސެނަލްއިން ދެވަނަ ފަހަރަށް ޗެންޕިއަންސް ލީގުގެ ތަށި އުފުލާލައިފި

އާރސެނަލްއިން ދެވަނަ ފަހަރަށް ޗެންޕިއަންސް ލީގުގެ ތަށި އުފުލާލަނީ. ފޮޓޯ: ސްކައި

25 މޭ 2025 - 03:06
އަންހެނުންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވޭތުވެ ދިޔަ ދެއަހަރުގެ ޗެންޕިއަން ބާސެލޯނާ ބަލިކޮށް، އާރސެނަލްއިން ދެވަނަ ފަހަރަށް މި މުބާރާތުގެ ތަށި އުފުލާލައިފިއެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިޔެއްގެ ގޮތުގައި އެރި ސްޓީނާ ބްލެކްސްޓީނިއަސްއެވެ.
މެޗުގެ ބޮޑު ބައެއްގައި ބޯޅަ ކޮންޓްރޯލް ކުރި ބާސެލޯނާއިން ގިނަ ހަމަލާތަކެއް ދިން ނަމަވެސް، 75 ވަނަ މިނެޓްގައި ބެތް މީޑްގެ ފުރިހަމަ ޕާހަކަށްފަހު ބްލެކްސްޓީނިއަސް ޖެހި ލަނޑުން އާރސެނަލްއަށް މެޗު ކާމިޔާބުކުރެވުނެވެ. މިއީ ބާސަ އެންމެ ފަހުން ކުޅުނު 41 މެޗުގައި ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ މެޗެވެ.
މީގެ ކުރިން މެޗުގެ 21 ވަނަ މިނެޓްގައި ފްރީޑާ މާނަމްގެ ކްރޮސްއަކުން ބައިކޮޅަށް ގޯލެއް ބާސެލޯނާގެ ޕަރެޑެސް ޖެހި ނަމަވެސް، އޮފްސައިޑްގެ ސަބަބުން އެ ލަނޑު ބާތިލުކުރެވުނެވެ.
މިއީ މިމުބާރާތުގެ ތަށި އާރސެނަލް ކާޟިޔާޞުކުރި ދެވަނަ ފަހަރެވެ. އިނގިރޭސި ޓީމަކުން މި މުބާރާތް ކާމިޔާބުކުރި ހަމައެކަނި ޓީމް ކަމަށްވާ އާރސެނަލްއިން މީގެ ކުރިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2006-07 ވަނަ އަހަރުއެވެ.
ޑިފެންޑިންގ ޗެމްޕިއަން ބާސެލޯނާއިން ވޭތުވެދިޔަ ހަތަރު ފައިނަލުން ތިން ފައިނަލް ކާމިޔާބުކޮށްފައިވާއިރު، މި ފަހަރުގެ ފައިނަލަށްވެސް ބާސެލޯނާ ނިކުތީ ފެވަރިޓްގެ ގޮތުގައެވެ. ނަމަވެސް އާރސެނަލްގެ ސްޓްރައިކަރު އަލެސިއާ ރުސޯ ބުނި ގޮތުގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް ޓީމަށް ޔަގީންވި މި މުބާރާތް ކާމިޔާބުކުރެވޭނެކަމެވެ.
އިތުރު ލިޔުންތައް

"އަނިޔާގެ ސަބަބުން އާސެނަލްގެ މުހިންމު ކުޅުންތެރިންނަށް ނުކުޅެވުނަސް ޖެހިލުމެއް ނުވޭ" އާސެނަލްގެ ކޯޗު
8 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: ސަލާޙު ފަހުވަގުތު ޖެހި ގޯލާއެކު އާރސެނަލް ގެ އަތުން ލިވަޕޫލަށް މުހިންމު ޕޮއިންޓެއް.
8 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: ނިއުކާސަލް އިން އާސެނަލް ހަމަބިމަށް ތިރިކޮށްފި
8 މަސް ކުރިން