logoEN
ޚަބަރު

އިމިގްރޭޝަން އޮފިސަރުން ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި މޯލްޑިވްސް އިމިގްރޭޝަން އޮތޯރިޓީގެ އޮފިސަރުން ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

މި މަޢުލޫމާތު ހާމަކޮށްފައިވަނީ އިމިގްރޭޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި، އިއްޔެ ހުޅުމާލެ ފޭސް އެކެއްގެ ސަރަހައްދެއްގައި ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. މި އޮޕަރޭޝަނަކީ ބޮޑީ ކެމެރާ ބޭނުންކޮށްގެން ހިންގި ފުރަތަމަ އޮޕަރޭޝަން ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ބޮޑީ ކެމެރާ ބޭނުންކުރަން ފެށުމުން އޮފިސަރުންގެ މަސައްކަތަށް ފަސޭހަވެ، އޮޕަރޭޝަންތައް ހިންގުމުގައި ހާމަކަން އިތުރުވެގެންދާނެދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން މި ޓެކްނޮލޮޖީ ތަޢާރަފުކޮށްފައިވަނީ ސަރުކާރުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަަސައްކަތުގެ ދަށުންކަމަށް އެ އޮތޯރިޓީއިން ބުންޏެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ އެންމެބޮޑު އަމާޒަކީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި، އާންމު ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. އެގޮތުން، އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަންތަކެއްވެސް ހިންގަމުން ގެންދެއެވެ.

ސަރުކާރުގެ އަމަޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުތެރޭ މުޅިން ހައްލުކުރުމެވެ.

ކޮމެންޓް

871x217_placeholder