logo
Bank of Maldives

Bank of Maldives

ޚަބަރު

އެފްޓީއޭއަށް ޖެނުއަރީ 1 އިން ފެށިގެން އަމަލު ކުރަން ފަށަނީ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
17 ސެޕްޓެމްބަރު 2024 - 13:41
ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ، ފޮޓޯ/ ރައީސް އޮފީސް
ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ، ފޮޓޯ/ ރައީސް އޮފީސް

އަންނަ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޗައިނާއާއި ދިވެހިރާއްޖެ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑު އެގްރިމަންޓަށް  (އެފްޓީއޭ)އަށް އަމަލުކުރަން ފަށާނެކަމަށް އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެފްޓީއޭއަށް އަމަލުކުރަމުންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ފައިދާތަކެއް ލިބި، ޗައިނާއިން ރާއްޖެއަށް ގެންނަ މުދަލުގެ އަގު ހެޔޮ ވެގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސައީދު ވިދާޅުވީ، ރާއްޖެއަށް ޗައިނާ އިން މުދާ ގެންނަ ނަމަ، ރާއްޖޭގެ ބޭންކަށް ރުފިޔާ އިން ފައިސާ ދައްކައިގެން އެ މުދަލެއް ރާއްޖެ ގެނައުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެ ވިޔަފާރިވެރިން ޑޮލަރު ބޭނުން ކުރަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"1 ޖެނުއަރީ 2015 އިން ފެށިގެން ޗައިނާއިން އެތެރެ ކުރާ މުދަލުގެ 95 އިންސައްތަ ޑިއުޓީ ދައްކާކަށް ނުޖެހޭނެ. އެހެންވީމަ މިހާރު ދައްކާ ޑިއުޓިއެއް 0 އިންސައްތައް ތިރިވެގެންދާނެ. އެހެންވީމަ މި ދެ އެރޭންޖުމަންޓު އަޅުގަނޑުމެންގެ ފައިސާއިން ފައިސާ ދެއްކުމާއި، އަދި ޑިއުޓީ 0 އިންސައްތަ 91 އިންސައްްތަ ޗައިނާއިން އެތެރެކުރާ މުދަލުގެ ޓެރިފްލައިން ގާތްގަނޑަކަށް 0 އަށް މިއަންނަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެހެން ބޮޑެތި ވިޔަފާރިތަކާއެކުވެސް މަޝްވަރާތައް ކުރަމުންދާ ކަމަށާއި، އެގޮތުން ތުރުކީއާއެކު ދިޔަ ޕްރިފަރޭޝަލް ޓްރޭޑާއެކު މަޝްވަރާކޮށް ނިމި، އޭގެ ކުރިއެެރުންތަކެއްވެސް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖެއާ ޗައިނާއާ ދެމެދު 700 މިލިއަން  އެމެރިކާ ޑޮލަރާއި އެއް ބިލިއަން އެމެރިކާ ޑޮލަރާއި ދޭތެރޭ އުޅޭ އަދަދެއް އުޅޭ ކަމަށާއި، މުސްތަގުބަލުގައި ރާއްޖޭގެ ރުފިޔާއިން އިން މުޅި ޓރޭޑް ވޮލިއުމް އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މުސްތަގުބަލުގައި މީގެން ވަރަށް ބޮޑު ޕަސެންޓޭޖެއް، ހަމައެކަނި ޕަސެންޓޭޖަށް ވިސްނިއަސް ނުވަތަ މުޅި ޓްރޭޑް އެއްކޮށް ކަތަންސީ ސެޓްލް ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ރާއްޖެއަށް މާލީ ގޮތުން ވިޔަފާރި އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރައްޤީގައި ކުރިއަރާ ދިއުމަށްޓަކައި ރާއްޖެ މިއޮތީ ހެޔޮ ފާލެއްގައި - މިނިސްޓަރޚަބަރު | 5 މަސް ކުރިންބަންކަރިންގެ ޚިދުމަތް ނުހުއްޓި ކުރިއަށް އެބަދޭ - މިނިސްޓަރ ޚަބަރު | 5 މަސް ކުރިންފަންނުވެރިންނަށް ޚާއްސަ " ކްރިއޭޓިވް އިކޮނޮމީ ފަންޑް" އެއް ލޯންޗުކުރަނީ ޚަބަރު | އަހަރެއް ކުރިންއެފްޓީއޭއަށް ޖެނުއަރީ 1 އިން ފެށިގެން އަމަލު ކުރަން ފަށަނީ ޚަބަރު | އަހަރެއް ކުރިން