logoEN
ދުނިޔެ

އިޒްރޭލުން ޣައްޒާގެ 77% ކޮންޓްރޯލް ކުރަމުންދާއިރު "ނަސްލީ މަރުގެ އަދި އެތްނިކް ކްލީންސިންގ" ކުރިއަށްދަނީ

ޣައްޒާގެ ގަވަރމަންޓް މީޑިއާ އޮފީހުން ބުނާ ގޮތުގައި އިސްރާއީލުގެ ސިފައިން މިހާރު ޣައްޒާގެ 77 އިންސައްތަ ސަރަހައްދު ކޮންޓްރޯލް ކުރަމުން ގެންދަނީ "ދެމެހެއްޓެނިވި ނަސްލީ މަރުގެ އަދި އެތްނިކް ކްލީންސިންގ" ގެ ޒަރީއާއިންނެވެ. އަދި އެ އޮފީހުން ގޮވާލަނީ އދ އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުސޫލުތަކަށް އިހާނެތިކޮށް ފާޅުކަން ބޮޑުގައި ކުރަމުންދާ މިކަން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށެވެ.

ފަތިހުން ފެށިގެން ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 22 ފަލަސްތީނު މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ނޫސްވެރިޔާ ހަސަން މަޖްދީ އަބޫ ވަރުދާ އާއި އޭނާގެ އާއިލާގެ އެތައް މެންބަރުންނެއް ހިމެނެއެވެ. މިއާއެކު ޢައްޒާގައި ޝަހީދުވި ނޫސްވެރިންގެ އަދަދު 220 އަށް އަރައިފިއެވެ.

އޮފިޝަލުން ބުނާ ގޮތުގައި ބުދަ ދުވަހުން ފެށިގެން އިސްރާއީލުން ވަނީ އެހީ އުފުލާ 100 ޓްރަކު ޣައްޒާއަށް ވަދެވޭ ގޮތް ހަދައިދީފައެވެ. ނަމަވެސް މިއީ ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހިފައިވާ އެ ސަރަހައްދުގެ ދެ މިލިއަން މީހުންނަށް އެހީތެރިވުމަށް ބޭނުންވާ މިންވަރާ އެއްވެސް ވަރަކަށް ކައިރިނުވާ އަދަދެކެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި އިސްރާއީލުގެ ހަނގުރާމައިގައި މަދުވެގެން 53,939 ފަލަސްތީނު މީހުން ޝަހީދުވެ، 122,797 މީހުން ވަނީ ޒަޚަމްވެފައިވެއެވެ. ގަވަރމަންޓް މީޑިއާ އޮފީހުން ޝަހީދުވި މީހުންގެ އަދަދު އަޕްޑޭޓްކޮށް 61,700 އަށްވުރެ ގިނަ ކަމަށް ބުނެފައިވެއެވެ. އަދި ވިދާޅުވެފައިވަނީ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ތެރޭގައި ގެއްލިފައިވާ ހާސްތަކެއް މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްގެ އިސްނެގުމުގައި ދެވުނު ހަމަލާތަކުގައި އިސްރާއީލުގައި ލަފާކުރެވޭ ގޮތުގައި 1,139 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ހައްޔަރުކުރެވުނެވެ.

ކޮމެންޓް

871x217_placeholder