logoEN
ޚަބަރު

މެޑްލީން ބޯޓުގައި ތިބި 12 ފަޅުވެރިން ޑީޕޯޓުކުރަން ނިންމައިފި

ޣައްޒާއަށް އެހީ ހިފައިގެންދިޔަ މެޑްލީން ބޯޓުގައި ތިބި 12 ފަޅުވެރިން ޑީޕޯޓުކުރަން އިސްރާއީލުން ނިންމައިފިއެވެ.

ބަނޑަށްޖައްސާފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކާބޯތަކެތި ހިފައިގެން އެ ސަހަރަށް ދަތުރު ކުރަމަށް 7 ގައުމަކަށް ނިސްބަތްވާ 12 އެކްޓިވިސްޓުން ގޮވައިގެން މެޑްލީން ޣައްޒާާ ދިމާލަށް ދިޔުމަށް މިސްރާބު ޖެހީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މި ބޯޓު ފަލަސްތީނުގެ ކަނޑުގެ ސަރަހައްދަށް ވަނުމާއެކު އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބޯޓު ހައިޖެކްކޮށް، އަސްދޫދު ބަންދަރަށް ގެންގޮސްފައެވެ.

އަސްދޫދު ބަނދަރަށް ބޯޓު ގެންދިއުމަށްފަހު އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ 12 ފަޅުވެރިން ފަލަސްތީނުގެ ރަމްލާގައި ހުންނަ ޖަލުގައި ބަންދުކުރުމަށް ނިންމާފައެވެ.

މެޑްލީންގައި ހުރި އެހީގެ ސާމާނުގެ ޢަދަދަކީ ރަމްޒީ އަދަދެކެވެ. ބޯޓުގައި ހުރި އެހީގެ ސާމާނުން ބަނޑަށް ޖެހިފައިވާ ޣައްޒާގެ 2.3 މިލިޔަން ރައްޔިތުންނަށް މާ ބޮޑު ފައިދާއެއް ނުކުރާނެއެެވެ. ދަތުރު އިންތިޒާމް ކޮށްފައި ވަނީ ފްރީޑޮމް ފްލޮޓިއްލާ ކޯލިޝަން ނުވަތަ އެފްއެފްސީންނެވެ. މަގުސަދަކީ ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކުގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ ޣައްޒާގެ ރައްޔިތުން ބަނޑަށްޖެހެމުންދާ ކަން ދުނިޔެއަށް ހާމަ ކޮށްދިނުމަށެވެ. އަދި ޔަހޫދީން ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ހިސާރު އުވާލަން ބާރުއެޅުމެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނާ ގޮތުގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާއްމުގައި މިހާތަނަށް 54,927 ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، 126,615 މީހުންނަށް ޒަޚަމްވެފައިވެއެވެ.

ކޮމެންޓް

871x217_placeholder